Advertisement
ކ. މާލެ
|
7 މާރޗް 2019 | ބުރާސްފަތި 04:25
ގައިދީއެއްގެ އަތުގައި ބިޑި އަޅުވާފައި: މިއަހަރު އެންމެ ގިނައީ ވައްކަމާއި ޓްރެފިކް މައްސަލަތައް
ގައިދީއެއްގެ އަތުގައި ބިޑި އަޅުވާފައި: މިއަހަރު އެންމެ ގިނައީ ވައްކަމާއި ޓްރެފިކް މައްސަލަތައް
ރާއްޖެ އެމްވީ
ކުށުގެ ތަފާސް ހިސާބު
ފުރަތަމަ ދެ މަސް ދުވަހު ކުށުގެ މައްސަލަތައް ފަސް ޕަސެންޓަށް އިތުރުވެއްޖެ
މިއަހަރު އެންމެ ގިނައީ ވައްކަމާއި ޓްރެފިކް މައްސަލަތައް
މާރާމާރީގެ 105 މައްސަލަ މިއަހަރު ހުށަހަޅާފައިވޭ
ފުރަތަމަ ދެ މަސް ދުވަހު ކުށުގެ 2،193 މައްސަލަ

މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ފުލުހުންނަށް ހުށަހެޅި ކުށުގެ މައްސަލަތައް ފަސް ޕަސެންޓަށް އިތުރުވެފައިވާ ކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ފުލުހުންނަށް ހުށަހަޅާފައި ވަނީ 2،193 މައްސަލައެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ފުލުހުންނަށް ހުށަހެޅީ 2،081 މައްސަލައެވެ. މިދިޔަ އަަހަރާއި މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަސް އަޅާކިޔާއިރު، ކުށުގެ މައްސަލަތައް މިއަހަރުގެ ފުރަތަަމަ ދެ މަސް ދުވަހު ވަނީ ފަސް ޕަސެންޓަށް އިތުރުވެފައެވެ.

އެގޮތުން މާރާމާރީ އާއި ވައްކަމާއި ޓްރެފިކް މައްސަލަތަކާއި ޖިންސީ ކުށުގެ މައްސަލަތައް ހިމެނޭ ގޮތަށް މިއަހަރުގެ ޖެނުއަރީ މަހު ފުލުހުންނަށް ހުށަހަޅާފައި ވަނީ 1،115 މައްސަލައެވެ. މިދިޔަ އަަހަރުގެ ޖެނުއަރީ މަހު ފުލުހުންނަށް ހުށަހެޅީ 1،192 މައްސަލައެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމާއި ޓްރެފިކް މައްސަލަތަކެވެ. އެގޮތުން ޖެނުއަރީ މަހާއި ފެބްރުއަރީ މަހު ވައްކަމުގެ 634 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އެ ދެ މަސް ދުވަހު ހުށަހަޅާފައިވާ ޓްރެފިކް މައްސަލަތަކުގެ އަދަދު 373އަށް އަރައެވެ.

ފުލުހުންނަށް މިއަހަރު ހުށަހަޅައި، ތަހުގީގު ކުރަމުންދާ މާރާމާރީތަކުގެ މައްސަލަތަކުގެ އަދަދު 105 އަރައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
7 މާރޗް 2019 | ބުރާސްފަތި 03:37
މޮހޮނު
ބެލެވެނީ ތި މުއައްސަސާއަށް އިތުބާރުކުރަން ފެށީކަމަށް.. އެހެންޔާ ޖަހާފަ ދިއައަސް ކުރެވޭނެ މާބޮޑުކަމެއް ނެތް ކަމަށް ރިޕޯޓު ނުކުރަނީ ތޯއްޗެތް.