Advertisement
ކ. މާލެ
|
6 މާރޗް 2019 | ބުދަ 22:57
މާލޭގެ ރެސްޓޯރެންޓަކުން ބަޔަކު ހިދުމަތް ހޯދަނީ
މާލޭގެ ރެސްޓޯރެންޓަކުން ބަޔަކު ހިދުމަތް ހޯދަނީ
ފޭސްބުކް
ހޮޓާ ކެފޭ ރެސްޓޯރެންޓް
24 ގަޑިއިރު ޚިދުމަތް ދިނުމަށް ތިން ތަނަކަށް ހުއްދަ ދީފި
24 ގަޑިއިރު ހިދުމަތް ދިނުމަށް ހުއްދަ ދީފައި ވަނީ ކެފޭ އަކަށާއި 2 ރެސްޓޯރެންޓަށް
މިހާތަނަށް ހަ ފަރާތަކުން މި ޚިދުމަތް ދިނުމަށް އެދިފައިވޭ
އެއްވެސް ފިހާރައަކަށް މިހާތަނަށް މި ޚިދުމަތް ދިނުމަށް ހުއްދަ ދީފައެއް ނުޥޭ

މާލޭގައި 24 ގަޑިއިރު ވިޔަފާރި ހިންގުމުގެ ހުއްދަ ތިން ކެފޭއަކަށް ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުދަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނީ  24 ގަޑިއިރު ހިދުމަތް ދިނުމަށް ހުއްދަ ދިނީ ސީ ހައުސް ރެސްޓޯރެންޓާއި، ސޯސަން މަގުގައި ހުންނަ ސެފްރޯން ކެފޭ އަދި މާފަންނު ފުޑް ކޯޓުގައި ހުންނަ ނައިސް އެންޑް ސްޕައިސް ރެސްޓޯރެންޓަށް ކަމަށެވެ.

މިހާތަނަށް ހަ ފަރާތަކުން މި ޚިދުމަތް ދިނުމަށް އެދިފައިވާއިރު އެ ތަންތަނުގެ ތެރެއިން ތިން ތަނަށް ހުއްދަ ދިންއިރު، ބާކީ ހުރި ތަންތަނަށް ހުއްދަ ދެވޭވަރު ވާނީ ކޮން ދުވަހަކު ކަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ، ހޮޓާތަކާއި، ރެސްޓޯރެންޓްތަކަށް 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ގޮތަށް ހުއްދަ ދެވޭ ސަރަހައްދުތައް ކަނޑަ އަޅާފައެވެ. އެ ސަރަހައްދު ތަކަކީ މާލޭގެ ބޮޑެތި މަގުތަކުގައި ހުންނަ ތަންތަނެވެ.

މިނިސްޓްރީން ބުނީ، އެ ހުއްދަ ދޭ އިމްޕޯޓު މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ، ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތި ކަމަށެވެ.

 

24 ގަޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަން ޖެހެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް