Advertisement
ކ. މާލެ
|
6 މާރޗް 2019 | ބުދަ 22:19
ފެއަރ އެއްގެ ތެރެއިން
ފެއަރ އެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
ހަވަލީ ފެއަރ
ޖަމިއްޔާތަކަށް އަމާޒް ކޮށްގެން ފެއާރއެއް ބާއްވަނީ
މި ފެއާގައި ރާއްޖޭގެ 100 އަށްވުރެން ގިނަ ޖަމިއްޔާއިން ބައިވެރިވޭ
ފެއާރ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 16 17 18 ގަ
މީ ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒްކޮށްގެން ބާއްވާ ފުރަތަމަ ފެއަރ

މިނިސްޓްރީން އޮފް ހޯމް އެފެއާޒުން ރާއްޖޭގެ ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒްކޮށްގެން "ހަވަލީ" ގެ ނަމުގައި ފެއާއެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ރާއްޖޭގެ 100 އަށްވުރެ ގިނަ ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒްކޮށްގެން ހޯމް މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފެއާ އަކީ އެންޖީއޯތަކުން ކުރާ މަސައްކަތްތަކާއި އަދި ހުރި ފުރުސަތުތައް އާންމުންނަށް އަންގައިދީ ހުރިހާ އެންޖީއޯތަކެއް އެއްތަނަކުން ބައްދަލުވެ ޖަމިއްޔާތަކުގެ މެދުގައި އެކުވެރިކަމާއި ރަހުމަތްތެރިކަން ގާއިމް ކުރުމުގެ މަގުސަދުގައި ބާއްވާ ފެއަރއެއް ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން ވެސް އެނޖީއޯތަކަށް ދިމާވެފައިވާ ދަތިތަކަކީ ކޮބައިތޯ ބަލާ އެފަދަ ކަންކަމަށް ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރުން ވެސް ހިމެނެއެވެ.

މި ފެއާރ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 17 18 މި ތިން ދުވަހު ކޮންމެ ދުވަހެއްގެ މެންދުރު ފަހު 01:00 އިން ފެށިގެން ރޭގަނޑު 10:00 ގެ ނިޔަލަށް ދަރުބާރު ގޭގައެވެ.

މީ ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒްކޮށްގެން މިފަދަ ގޮތަކަށް ބާއްވާ ފުރަތަމަ ފެއާރއެވެ.

މި ފެއަރގައި ބައިވެރިވާ ކޮންމެ އެންޖީއޯ އަކަށް ވެސް އެ އެންޖީއޯއަކުން ކުރާ މަސައްކަތްތަކާއި ހުރި ފުރުސަތުތަކާއި ބެހޭ މައުލޫމާތު އާންމުންނަށް ފޯރު ކޮށްދިނުމުގެ ފުރުސަތު ހުޅުވާލެވިފައި ވެއެވެ.

މި ފެއާގައި ބައިވެރިވާ އެންޖީއޯއެއް ކަމަށްވާ އިންޑިއާ މޯލްޑިވްސް ފްރެންޑް ޝިޕް އެސޯސިއޭޝަން ( ފޭމް)ގެ ރައީސް އަހުމަދު އަމްޖަދު ވިދާޅުވީ ރާއްޖޭގައި އުފެދިފައިވާ އެންޖީއޯތަކުން އެ ފަރާތްތަކުން މުޖުތަމައަށް ކޮށްދެމުންދާ މަސައްކަތްތައް އަންގާދިނުމަށްޓަކައި މި ފެއަރ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. އަދި މީ އެފަރާތްތަކަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

ފޭމްގެ މަސައްކަތްތައް ބޮޑަށް އަމާޒުކޮށްފައި ވަނީ ދެގައުމުގެ ސަގާފީ ކުޅިވަރުތައް ދިރުވާ އަލާކުރުމުގެ އިތުރުން ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން މިހާރަށް ވުރެ ވެސް ހަރުދަނާ ކުރުމެވެ.

މީގެ އިތުރުން ވެސް މިފެއާގައި ބައިވެރިވާ އެންޖީއޯއެއް ކަމަށްވާ ހޯޕް ފޯރ ވިމެންގެ އެގްޒެކެޓިވް ޑައިރެކްޓަރ އައިޝަތު ނުޒުހާ ވިދާޅުވީ  ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރެއިން ޖަމިއްޔާތަކަށް އެހީވާން ބޭނުންވާ ފަރާތެއް ވާނަމަ އެ ފުރުސަތުވެސް އެފަރާތްތަކަށް ހުޅުވިފައިވާ ކަމަށެވެ. އަދި މިފަދަ ފެއާއެއް ޖަމިއްޔާތަކަށް އަމާޒްކޮށްގެން ބޭއްވުމުން ޖަމިއްޔާތަކަށް އެއް ގޮތަށްވުރެން ގިނަ ގޮތްގޮތުން ފައިދާ ކުރާނެ ކަމަށެވެ.  ހޯޕްފޯ ވިމެން އުފެދިފައިވަނީ 2010 ވަނަ އަހަރުއެވެ.

މި ޖަމިއްޔާގެ މަސައްކަތްތައް ބޮޑަށް އަމާޒް ކޮށްފައިވަނީ  އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތައް ނައްތާލުމާއި އަންހެނުންނަކީ މުޖުތަމައުގައި ބާރުވެރި ފުދުންތެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރުމުގެ އިތުރުން ޖިންސުގެ ހަމަހަމަކަން ގާއިމް ކުރުމާއި ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް