Advertisement
ކ. މާލެ
|
6 މާރޗް 2019 | ބުދަ 16:42
ބައްދަލުވުމުގެ ބައިވެރިން
ބައްދަލުވުމުގެ ބައިވެރިން
މުހައްމަދު ޝަރުހާން
އަންހެނުން ބާރުވެރި ކުރުވުން
ރާއްޖޭގެ އަންހެނުންގެ ޖައްމިއްޔާތައް ގުޅިގެން އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ބައްދަލުވުމެއް ބާއްވައިފި
އަންހެނުންގެ ދުވަސް ވަރަށް ކުލަ ގަދަ ކޮށް ފާހަގަކުރާނެ

ރާއްޖޭގެ އަންހެނުންގެ ޖަމިއްޔާތައް ގުޅިގެން އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.

އަންގާރަ ދުވަހު ސިޓްރޮން ރެސްޓޯރެންޓުގައި ބޭއްވި ބައްދަލުވުމުގައި ޖަމިއްޔާތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި އާންމު މެމްބަރުންނާއެކު ޖުމްލަ 51 ކަނބަލުން ބައިވެރިވިއެވެ. އެގޮތުން ބައްދަލުވުމުގައި ވަނީ ޖައްމިއްޔާތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންތައްތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ އިތުރުން އަންހެނުންނެކޭ އެއްގޮތަށް ފިރިހެނުންނަށް ވެސް ހަމަހަމަ ފުރުސަތު ހޯދައިދީ ޖިންސީ ހަމަހަމަކަމަށް މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައެވެ. މީގެއިތުރުން އަންހެނުން ބާރުވެރިކުރެވޭނެ ގޮތްތައް ދެނެގަނެ ތަފާތު އެކި ގޭމްތަކާއި ހުރިހާ ބައިވެރީން ޓީމްވޯކްދައްކުވައިދޭ ޕްރޮގްރާމްތަކެއް ބައްދަލުވުމުގެ ތެރޭގައި ވަނީ ހިންގައިފައެވެ.

މިބައްދަލުވުމުގައި ވަނީ ވުމެން އިން މެނޭޖްމަންޓް މޯލްޑިވްސްއާއި އައްޑޫ ވުމެންސް އެސޯސިއޭޝަނާއި ހޯޕް ފޯ ވުމެންއާއި ފަތްމިނި އެސޯސިއޭޝަން އޮފް ކްރިއޭޓިވް އެންޓަޕްރެނަރސްއާއި އެސޯސިއޭޝަން އޮފް ލޭޑީ އެންޓަޕްރެނަރސްގެ އިތުރުން މޯލްޑިވްސް ވުމެންސް ޗެމްބަރސް އޮފް ކޮމާރސް ގެ ފަރާތުން މެެންބަރުން ބައިވެރިވެފައެވެ.

މި ބައްދަލުވުން އަންގާރަ ދުވަހު  ބޭއްވި ނަމަވެސް ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ، 8 މާރޗް ގައި ތަފާތު އެކި ހަރަކާތްތައް ހިންގާނެކަމަށް ޖަމިއްޔާތަކުން މައުލޫމާތުދެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް