Advertisement
ކ. މާލެ
|
6 މާރޗް 2019 | ބުދަ 14:33
ކޮޗިން އެއާޕޯޓުގައި ބަޔަކު ފުރަން ގޮސްފައި
ކޮޗިން އެއާޕޯޓުގައި ބަޔަކު ފުރަން ގޮސްފައި
އޭއެފްޕީ
ކޮޗިން
ކޮޗިން އިން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް އިތުރަށް ޗެކްކުރަން ފަށަނީ
ބޯޓުތައް ވެސް ޗެކް ކުރަން ހަމެޖެހިފައިވާ ކަމަށް އިންޑިއާގެ ކަސްޓަމްސް އިން ބުނި
ލަންކާ އަށް ދަތުރުކުރާ އުޅަނދުތައް ވެސް ޗެކް ކުރަން ހަމަޖެހިފައިވޭ: އިންޑިއާ ކަސްޓަމްސް

އަވަށްޓެރި އިންޑިއާގެ ކޮޗިން އިން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތަކުގެ އިތުރުން ކަނޑު ދަތުރު ކުރާ އުޅަނދުތައް އިތުރަށް ޗެކްކުރަން ނިންމާފައިވާ ކަމަށް އިންޑިއާގެ ކަސްޓަމްސް އިން ބުނެފިއެވެ. 

ރާއްޖެއަށް ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރު ކުރާ އުޅަނދުތައް އިތުރަށް ޗެކްކުރަން ނިންމާފައި މިވަނީ، ތިން ކިލޯގެ މަސްތުވާތަކެއްޗަކާ އެކު, އުމުރުން 32 އަހަރުގެ ދިވެއްސަކު ކޮޗިން އެއާޕޯޓުން ހައްޔަރުކޮށްފައި ވަނިކޮށެވެ.

އިންޑިއާގެ ކަސްޓަމްސް ކޮމިޝަނަރ ސުމިތު ކުމާރާ ހަވާލާދީ އެ ގައުމުގެ ނޫހަކުން ބުނީ، ސްރީލަންކާ އާއި ރާއްޖެއާ ދެމެދު އޮންނަ މަގަކީ މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކުން ބޭނުންކުރާ މަގަކަށް ވެއްޖެ ނަމަ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި، ވައިގެ މަގުގެ އިތުރުން ކެރެލާގެ ޕޯޓުތަކުން ރާއްޖޭގެ އިތުުރުން ސްރީ ލަންކާ އަށް ކަނޑު މަގުން ބޯޓުތައް ދަތުރުކުރާ ކަމަށެވެ. 

އެގޮތުން ރާއްޖޭގެ އިތުރުން ވައިގެ މަގުންނާއި ކަނޑުގެ މަގުން ލަންކާ އަށް ދަތުރުކުރާ އުޅަނދު ފަހަރުތައް ފުޅާ ދާއިރާއެއްގައި ޗެކްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ. 

އިންޑިއާގެ ކަސްޓަމްސް އަށް ލިބިފައިވާ މައުލޫމާތު ބުނާ ގޮތުން ހައްޔަރު ކުރެވުނު ދިވެހި މީހާ މަސައްކަތް ކުރީ އިންޑިއާ އިން ރާއްޖެއަށް މަސްތުވާތަކެރި އެތެރެކުރަންށެވެ. އެހެން ނަމަވެސް އޭނާ މަސްތުވާތަކެތި ހޯދާފައި ވަނީ ކެރެލާއިންތޯ ނުވަތަ އެހެން ސްޓޭޓަކުންތޯ ބަލައި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ. 

ރާއްޖެއަށް ދަތުރުކުރާ އުޅަނދުތައް އިތުރަށް ޗެކްކުރަން އިންޑިއާ އިން ނިންމާފައިވާއިރު، ކޮޗިންއަކީ ދިވެހިން އާއްމުކޮށް ދަތުރުކޮށް އުޅޭ ސިޓީއެކެވެ. ރާއްޖެ އިން ކޮޗިން އަށް ދުވާލެއްގެ މައްޗަށް ދެ ފްލައިޓް ދަތުރުކުރެއެވެ. އަދި ކޮޗިންގެ ބަނދަރުން ރާއްޖެ އަށް ބޯޓު ފަހަރުގައި ގިނަ އަދަދެއްގެ މުދާ އުފުލައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް