Advertisement
ކ. މާލެ
|
6 މާރޗް 2019 | ބުދަ 12:12
ހައްޔަރު ކުރި ތިިން މީހުންގެ އަތުން އަތުލައިގަތް މަސްތުވާތަކެތި
ހައްޔަރު ކުރި ތިިން މީހުންގެ އަތުން އަތުލައިގަތް މަސްތުވާތަކެތި
ޕޮލިސް
މޯޅްޑިވްސް ޕޮލ
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ތިން މީހަކު އެއަރޕޯޓުން ހައްޔަރުކޮށްފި
ހައްޔަރު ކުރީ ދެ ދިވެހިންނާއި ބިދޭސީއެއް

ރާއްޖެއިން ބޭރުން މާލެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ތިން މީހަކު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެ ތިން މީހުން ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި ކަމަށެވެ. 

މި ދެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. 

މި މަހުގެ 4 ވަނަ ދުވަހުގެ 08:15 ހާއިރު ރާއްޖޭން ބޭރުން އައި ފުލައިޓަކުން އައި 29 އަހަރުގެ މީހާ ގެނައި ފޮށިގަނޑެއް ކަސްޓަމުން ޗެކުކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 24 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އެ މައްސަލައިގައި އިތުރު ދިވެއްސަކު ޝާމިލްވާ ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މާރޗު 04 ވަނަ ދުވަހު ހިންގި އިތުރު އޮޕަރޭޝަނެއްގައި، 30 އަހަރުގެ މީހަކު އެއާޕޯޓުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މި މަހުގެ 4 ވަނަ  ދުވަހުގެ 17:25 ހާއިރު ރާއްޖޭން ބޭރުން އައި ފުލައިޓަކުން އައި 26 އަހަރުގެ ބިދޭސީއަކު  މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ފުޅި ފެނުމާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

މި ދެމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތްދުވަހުގެ މުއްދަތެއް 29 އަހަރުގެ މީހާއާއި 30 އަހަރުގެ މީހާ އަށް ވަނީ ދީފައިވެއެވެ. އަދި 26 އަހަރުގެ ބިދޭސީ މީހާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
6 މާރޗް 2019 | ބުދަ 10:58
ihaaru.
ޝުޝީތަ