Advertisement
ކ. މާލެ
|
6 މާރޗް 2019 | ބުދަ 12:08
ފޮރިން މިނިސްޓަރު ޝާހިދު (ކ) އާއި އިންޑިއާ ސަފީރު ސުދީރު (ވ)
ފޮރިން މިނިސްޓަރު ޝާހިދު (ކ) އާއި އިންޑިއާ ސަފީރު ސުދީރު (ވ)
ފޮރިން މިނިސްޓްރީ
ިއިންޑިއާ ސަފީރު
ކަންތައްތައް ހާސިލްކުރުމަށް ދިވެހި ސަރުކާރާ އެކު މަސައްކަތްކުރާނަން: އިންޑިއާ ސަފީރު
ކުރިއެރުން ދަމަހައްޓައި އިތުރަށް ތަރައްގީ ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި

ރާއްޖެއާ އިންޑިއާ އަށް ފައިދާ ހުރި ކަންތައްތައް ހާސިލްކުރުމަށްޓަކައި މި ސަރުކާރާއި ދިވެހި ރައްޔިތުންނާ އެކު ގާތުން މަސައްކަތް ކުރައްވާނެ ކަމަށް، އިންޑިއާ އިން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ. 

އޭނާ މިހެން ވިދާޅުވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ އެކު ބޭއްވެވި ބައްދަލުވުމުގައެވެ. 

ފޮރިން މިނިސްޓްރީގައި ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް މިހާރު އައިސްފައިވާ ކުރިއެރުން ދަމަހައްޓައި އިތުރަށް ތަރައްގީ ކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އިންޑިއާ އެކު އޮތް ގުޅުމުގެ ތެރެއިން ހާސިލްވެފައިވާ މުހިންމު ކަންތައްތަކާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާތަކެއް ކޮށްފައެވެ.

ރައީސް ސޯލިހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން ކުރިއަށް ގެންދާނެ ފްރޭމްވާރކްއަކަށް އެއްބަސްވެފައިވާ ކަން ދެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ. 

އިންޑިއާގެ ސަފީރު ފޮރިން މިނިސްޓަރު ޝާހިދުއާ ބައްދަލުކުރައްވާފައިވާއިރު ސަފީރުކަމުގެ ފަތްކޮޅު، ރައީސް ސޯލިހު އަށް އަރުއްވާފައިވަނީ އަންގާރަ ދުވަހުއެވެ. 

ސަފީރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ސުދީރް އަދާކޮށްފައި ވަނީ، އޮއިލް އިންޑިއާ ލިމިޓެޑްގެ ބޯޑު ޑައިރެކްޓަރުގެ މަގާމެވެ. ސުދީރް ވަނީ މީގެ ކުރިން މިސްރާއި ސްރީލަންކާގެ އިތުރުން ސީރިއާގައި ހުންނަ އިންޑިއާގެ އެމްބަސީގައި ވަޒީފާ އަދާކުރައްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް