Advertisement
ކ. މާލެ
|
6 މާރޗް 2019 | ބުދަ 09:17
މަސްތުވާތަކެތި ނައްތާލަނީ: އިންޑިއާ އިން ވަނީ މަސްތުވާތަކެއްޗާ އެކު ދިވެއްސެއް ހައްޔަރު ކޮށްފައި
މަސްތުވާތަކެތި ނައްތާލަނީ: އިންޑިއާ އިން ވަނީ މަސްތުވާތަކެއްޗާ އެކު ދިވެއްސެއް ހައްޔަރު ކޮށްފައި
މޯލްޑިވްސް ޕޮލިސް ސާރވިސް
މަސްތުވާތަކެތި އަތުލައިގަތުން
ތިން ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު އިންޑިއާ އިން ދިވެއްސަކު ހައްޔަރު ކޮށްފި 
އޭނާ މަސައްކަތް ކުރަމުންދިޔައީ ބަހްރެއިން އިން ރާއްޖެއަށް އެ މަސްތުވާތަކެތި އެތެރެ ކުރަން

ތިން ކިލޯ އަށް ވުރެ ގިނަ މަސްތުވާތެކެއްޗާ އެކު އިންޑިއާގެ ކޮޗިންގެ އެ އާޕޯޓުން ދިވެއްސަކު ހައްޔަރު ކޮށްފައިވާ ކަމަށް އިންޑިއާ އިން ބުނެފިއެވެ.

އިންޑިއާ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. ވިިލިގިއްޔަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މުހައްމަދު ސޮބާހު ނަމަކަށް ކިޔާ ދިވެހި ފިރިހެނެކެވެ

އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވަނީ ކޮޗި އެއާޕޯޓުން ދިވެހި މީހާ ހައްޔަރު ކޮށްފައިވަނީ އަންގާރަ ދުވަހު ކަމަށެވެ. ކަސްޓަމްސް ކަމިޝަނަރ ސުމިތު ކުމާރާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން ކުއްތާ ބޭނުންކޮށްގެން ބެލިބެލުމުން އޭނާ އަތުން 3.125 ކިލޯގެ ހަޝިޝް އޮއިލް ޕްލާސްޓިކްގައި ބަންދުކޮށްފައި ވަނިކޮށް ފެނިފައިވާ ކަމަށެވެ. 

އޭނާ މަސައްކަތް ކުރަމުންދިޔައީ ބަހްރެއިން އިން ރާއްޖެއަށް އެ މަސްތުވާތަކެތި އެތެރެ ކުރަން ކަމަށް ވެސް ބުނެފައި ވެއެވެ. ދިވެހި މީހާ ރާއްޖެ އައުމަށް މަސައްކަތް ކުރީ އިންޑިގޯ ފްލައިޓުން ކަމަށް ވެސް ނޫސްތަކުގައި ވަނީ ބުނެފައެވެ.

އެ މައްސަލަ ނާކޮޓިސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ބަލަމުން ދާކަމަށާއި އެ މީހާ ވަނީ މިހާރު އިންޑިއާ ފުލލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ނޫސްތަކުގައި ވެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް