Advertisement
ކ. މާލެ
|
6 މާރޗް 2019 | ބުދަ 09:15
ނެޝަނަލް ކޮންވެންޝަން އެންޑް އެކްސްޕޯ 2019ގެ ތެރެއިން
ނެޝަނަލް ކޮންވެންޝަން އެންޑް އެކްސްޕޯ 2019ގެ ތެރެއިން
ސިވިލް ސާވިރސް ކޮމިޝަން
ސިވިލް ސާރވިސް ކޮމިޝަން
އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ގާނޫނީ އޮނިގަނޑެއް އޮންނަން އެބަ ޖެހޭ: ޑރ އަލީ ޝަމީމު
ސަރުކާރުން ވެސް މިފަދަ ބައްދަލުވުންތައް ބާއްވަން ޖެހޭ: ޑރ. ޝަމީމް
ބައްދަލުވުމުގެ ސަބަބުން ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ ގުޅުން ބަދަހިވެގެން ދިޔަކަމަށް ވިދާޅުވި

ދިވެހިރާއްޖޭގައި އިންސާނީ ވަސީލަތްތަޢް ތަރައްގީ ކުރުމަށް ގާނޫނީ އޮނިގަނޑެއް ނުވަތަ ގާނޫނެއް އޮންނަ ޖެހޭ ކަމަށް، މޯލްޑިވްސް ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމު ވިދާޅުވެއްޖެއެވެ. 

ރާއްޖޭގައި އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ މަސައްކަތް ހަރުދަނާކޮށް މަޢުލޫމާތާއި ތަމްރީނު ފޯރު ކޮށްދިނުމަށް ރާއްޖޭގައި މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއެއް ކަމުގައިވާ ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލް (އެމްއޭއެޗްއާރްޕީ) އިން އިންތިޒާމް ކޮށްގެން ދަރުބާރުގޭގައި މިމަހުގެ 4 އިން 5 އަށް  ބޭއްވި ހިއުމަން ރިސޯސް ކޮންވެންޝަން އެންޑް އެކްސްޕޯ 2019 ނިންމުމުގެ ރަސްމިއްޔާތަށް ފަހު ރާއްޖެއެމްވީއާ ވަހަކަ ދައްކަވަމުން ޑރ. އަލީ ޝަމީމު ވިދާޅުވީ، އެޗްއާރް ކޮންވެންޝަނެއް ބޭއްވިގެން ދިޔުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، ސަރުކާރުން އިންތިޒާމުކޮށްގެން މިފަދަ ކޮންވެންޝަންތައް ބާއްވާން ޖެހޭ ކަމަށެވެ. 

ޑރ. ޝަމީމު ވިދާޅުވީ، އިންސާނިއްޔަތު ވަސީލަތްތައް ތަރައްގީ ކުރުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. 

''ގައުމީ ފެންވަރުގައި ހުރިހާ އެންމެން މަސައްކަތް ކުރަން އެބަޖެހޭ. ދިވެހިރާއްޖޭގެ އިންސާނި ވަސީލަތް ތަރައްގީ ކުރްން ބޭނުންވާ ގާނޫނީ އޮނިގަނޑުތައްވެސް ހެެދެން އެބަޖެހޭ. މިވަގުތަކު ނެތް ޕްރައިވެޓް އިންވެސްޓާސް އަދި އެމްޕްލޯޔާސް އެ މި ކިޔާ ގޮތަށް ވަޒީފާ ދޭ ފަރާތްތަށް އިންސާނީ ވަސީލަށް ބިނާ ކުރުމަށް ތަމްރީނު ދިނުމަށް ވަކި މިންވަރެއް ކަނޑައަޅާ ގާނޫނީ އެއްވެސް ކަހަލަ ފިޔަވަޅެއް އެޅިފަކައެއް ނެތް،'' އޭނާ ވިދާޅުވިއެެވެ. 

އިގްދިސާދީ ދުވެލީގައި ރާއްޖެ ކުރިއަރަމުން ދާއިރު މިފަދަ ކަމެއްގެ މުހިއްމުކަން ފާހަގަކުރައްވަމުން ޑރ. ޝަމީމް ވިދާޅުވި، ދައުލަތުގެ އެކި މުއައްސަސާތަކުން އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ގާނުނެއް ވުޖޫދަށް ގެނައުމަށް ވިސްނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. 

ކޮންވެންޝަންގައި ވާހަކަ ދެއްކުންތެރިއެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތް ޝަމީމް ވިދާޅުވީ، ބައްދަލުވުމުގެ ސަބަބުން ސަރުކާރާއި އަމިއްލަ ޖަމްއިއްޔާތަކާ ދެމެދު ގުޅުނުް ބަދަހިވެގެން ދިޔަ ކަމަށާއި، ބައިވެރިންގެ ވިސްނުން ފުޅާވެ އާ ކަންތައްތަކެއް ދަސްވެގެން ދިޔަ ކަމަށެވެ. 

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ދިޔަ އެޗްއާރް ކޮންވެންޝަންގައި 400 އަށް ވުރެ ގިނަ ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އަދި ވާހަކަ ދެއްކުންތެރިންގެ ގޮތުގައި ރާއްޖޭގެ އިތުރުން ބޭރުގެ އެކި ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް