Advertisement
ކ. މާލެ
|
6 މާރޗް 2019 | ބުދަ 03:25
މިނިސްޓަރއޮފް ފިނޭންސް އިބްރާހިމް އަމީރު
މިނިސްޓަރއޮފް ފިނޭންސް އިބްރާހިމް އަމީރު
މުހައްމަދު ޝަރުހާން
ފިނޭންސް މިނިސްޓްރީ
ގުލޯބަލް އިކޮނޮމިކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ފިނޭންސް މިނިސްޓަރު ފުރާވަޑައިގެންފި
ސަމިޓް ބާއްވަނީ މާރޗް މަހުގެ 6 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް

އޯލް އިންޑިއާ އެސޯސިއޭޝަން އިންޑަސްޓަރީ (އޭއައިއޭއައި)ގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ 8 ވަނަ ގްލޯބަލް އިކޮނޮމިކް ސަމިޓްގައި ރައީސުލްޖުމްހުރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ފުރާވަޑައިގެންފިއެވެ.

މި ސަމިޓް ބާއްވާ ގޮތަށް ހަމަޖެހިފައި ވަނީ މާރޗް މަހުގެ 6 ވަނަ ދުވަހުން ފެށިގެން 8ވަނަ ދުވަހުގެ ނިޔަލަށް  އިންޑިއާގެ މުންބާއީގައެވެ.  ސަމިޓްގައި ރާއްޖޭގެ ފަރާތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ތަގުރީރު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އޯލް އިންޑިއާ އެސޯސިއޭޝަން އޮފް އިންޑަސްޓްރީޒް އަކީ ވިޔަފާރިއާއި އިގުތިސާދު ކުރިއެރުވުމުގެ މަގްސަދުގައި އުފައްދާފައިވާ އެސޯސިއޭޝަނެކެވެ. މީގެ 55 ފަހަރު ކުރިން އުފެއްދި މި އެސޯސިއޭޝަންގެ މެންބަރުންގެ އަދަދު 1400 އަށް ވުރެން ގިނައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް