Advertisement
ކ. މާލެ
|
5 މާރޗް 2019 | އަންގާރަ 20:36
އިލެކްޝަންސް ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
އިލެކްޝަންސް ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
އިލެކްޝަންސް ކޮމިޝަން
މަޖިލީސް އިންތިހާބު 2019
ކެނޑިޑޭޓުގެ ނަމުގެ އިތުރުން، އާންމު ނަމެއް ވޯޓު ކަރުދާހުގައި ޖެހުމުގެ ހުއްދަ ދިނުމަށް ނިންމައިފި
މަޖިލިސް އިންތިޚާބުގައި ވާދަކުރާނީ 393 ކެނޑިޑޭޓުން

ކެނޑިޑޭޓުގެ ނަމުގެ އިތުރުން، އާންމު ނަމެއް ވޯޓު ކަރުދާހުގައި ޖެހުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބު 2019ގެ ވޯޓު ކަރުދާހުގައި ކެނޑިޑޭޓުގެ ފުރިހަމަ ނަމުގެ އިތުރުން ޢާންމު ނަމެއް ޖެހުމުގެ ހުއްދަ ދިނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެ ބަދަލާއެކު، ކެނޑިޑޭޓުންގެ ފުރިހަމަ ނަމުގެ އިތުރުން އާންމުކޮށް ބޭނުންކޮށް އުޅޭ ނަމެއް ޖެހުމުގެ ފުރުސަތު ކެނޑިޑޭޓުންނަށް ލިބިގެންދާނެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. 

މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް 406 ކެންޑިޑޭޓުން ފޯމް ހުށަހެޅިނަމަވެސް ގުރުއަތުނަގާ ނަންތައް ތަރުތީބު ކުރުމުގެ ކުރިން 5 ކެނޑިޑޭޓުންގެ ފޯމް ބާތިލްކޮށްފައިވާއިރު، 8 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާކަމަށްވެސް އީސީން ބުނެއެވެ. އެހެންކަމުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރާނީ 393 ކެނޑިޑޭޓުންނެވެ. 

އިިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވަނީ ވޯޓު ކަރުދާސް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ. ޖުމްލަ 87 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާއިރު، މި އިންތިހާބުގައި ވޯޓުލުމުގެ ހައްޤު 264،589 މީހުންނަށް ލިބެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް