Advertisement
ކ. މާލެ
|
5 މާރޗް 2019 | އަންގާރަ 21:54
އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިނިސްޓަރ އޮފް ފޮރިން އެފެއާޒްއާ ބައްދަލުކުރެއްވުން
އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިނިސްޓަރ އޮފް ފޮރިން އެފެއާޒްއާ ބައްދަލުކުރެއްވުން
ފޮރިން މިނިސްޓްރީ
ރާއްޖެ - އިންޑިއާ
އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، މިނިސްޓަރ ޝާހިދާއި ބައްދަލު ކުރައްވައިފި
ދެ ޤައުމުގެ ގުޅުން އިތުރަށް ތަރައްޤީ ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި

އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު, ސަންޖޭ ސުދީރު, މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދާ ބައްދަލުކުރައްވައިފި އެވެ.


މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި އަންގާރަ ދުވަހު ބޭއްވި ބައްދަލު ކުރެއްވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަށް މިނިސްޓަރު މަރުޙަބާ ދެންނެވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް މިހާރު އައިސްފައިވާ ކުރިއެރުން ދަމަހައްޓައި އިތުރަށް ތަރައްޤީ ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. 


ދެ ބޭފުޅުންގެ މަޝްވަރާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު 2018 ވަނަ އަހަރުގެ ނޮވެމްބަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އިންޑިއާ އާއެކު އޮތް ގުޅުމުގެ ތެރެއިން ހާސިލްވެފައިވާ މުހިންމު ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ރައީސްކަމުގެ ހުވާކުރެއްވި ރަސްމިއްޔާތައް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ކުރެއްވި ދަތުރުފުޅާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ޞާލިޙް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ފާހަަގަކުރެއްވިއެވެ. އަދި މި ދަތުރުފުޅުތަކުގައި ދެ ޤައުމުގެ ގުޅުން ކުރިއަށް ގެންދާނެ ފްރޭމްވާރކް އަކަށް އެއްބަސްވެފައިވާ ކަމަށް ދެ ބޭފުޅުން ފާހަގަ ކުރެއްވިއެވެ.


މި ބައްދަލުވުމުގައި އިންޑިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމަށް ފައިދާހުރި ކަންތައްތަކެއް ހާސިލްކުރުމަށްޓަކައި ސަރުކާރާއި ދިވެހި ރައްޔިތުންނާއެކު ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. 


މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލާއި، ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދާއި, އިންޑިއާ ޑިވިޜަންގެ ޑިރެކްޓަރ މަރިޔަމް މިދުފާ ނައީމް ބައިވެރިވެވަޑައިގެންނެވިއެވެ.

 

އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ އަރިހުގައި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ކައުންސެލަރ (ޕޮލިޓިކަލް) އަރުޗަނާ ނައިރުއާއި ޑިފެންސް އެޑްވައިޒަރ ކެޕްޓަން ޕްރަޝާންތު ހަންޑޫއާއި ފަސްޓް ސެކްރެޓަރީ ސުބާޝް ރާމާކްރިޝްނަ ޕިލައި، އަދި ހެޑް އޮފް ޗާންސަރީ ޝިތާންޝޫ ޗޯރަސިޔަ ބައިވެރިވެވަޑައިގަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް