Advertisement
ކ. މާލެ
|
5 މާރޗް 2019 | އަންގާރަ 17:30
ސަފީރުކަމުގެ ފަތްކޮޅު ހަވާލު ކުރައްވަނީ
ސަފީރުކަމުގެ ފަތްކޮޅު ހަވާލު ކުރައްވަނީ
މުހައްމަދު ޝަރުހާން
ސަފީރަކު އައްޔަނުކުރުން
އިންޑިއާގެ އައުސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސް ސޯލިހަށް އަރުއްވައިފި
ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި

އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ސަންޖޭ ސުދީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

އަންގާރަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށް ފަހު، އިންޑިއާގެ އާ ސަފީރާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ތަހުނިޔާ ވިދާޅުވެފައެވެ. 

މި ބައްދަލުވުމުގައި ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމާއި، މިގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރުން އިންޑިއާއަށް ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި، ބައިނަލްއަޤްވާމީ މަޝްރަހުގައްޔާއި ސަރަހައްދީ ކަންކަމުގައި އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސް ކުރައްވާފައެވެ. 

އިންޑިޔާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް އިންޑިއާ ސަރުކާރުން ވެސް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވާކަމުގައި ފާހަގަކުރައްވައި ސަންޖޭ ސުދީރު ވަނީ ދެޤައުމުގެ ޚިޔާލު އެއްގޮތް ކަންކަމުގައި އެކުގައި މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ފާޅު ކުރައްވައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް