Advertisement
ކ. މާލެ
|
5 މާރޗް 2019 | އަންގާރަ 17:13
އޭސީސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރުވުމަށް ވަނީ އަންގާފައި
އޭސީސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރުވުމަށް ވަނީ އަންގާފައި
ޓްވިޓަރ
މާލިއްޔަތު ކޮމެޓީ
އޭސީސީ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ
އޭސީސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކުރަނީ އެ ކޮމިޝަނުން ނެރުނު އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓާއި ގުޅޭ ގޮތުން

އެންޓިކޮރަޕްޝަން ކޮމިޝަން(އޭސީސީ) ނެރުނު އެމްއެމްޕީއާރްސީ ތަހްގީގް ރިޕޯޓާއި ގުޅިގެން ސުވާލު ކުރުމަށް އޭސީސީގެ މެމްބަރުން ބުދަ ދުވަހު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

 އޭސީސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރުވުމަށް އަންގާފައިވަނީ ބުދަ ދުވަހުގެ 11.15 އަށެވެ. 

އޭސީސީގެ މެމްބަރުން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ 14 ފެބްރުއަރީ 2019 ވަނަ ދުވަހު އެ ކޮމިޝަނުން ނެރުނު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ރިޕޯޓާއި ގުޅިގެން ކޮމިޓީއަށް ފާހަގަކުރެވުނު ކަންތަކާއި ގުޅޭ ގޮތުން މެމްބަރުން އޮޅުންފިލުވަން ބޭނުންވާ ކަންތައް އޮޅުންފިލުވުމަށެވެ.

އޭސީސީން ނެރުނު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ރިޕޯޓާއި ގުޅޭ ގޮތުން، އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސްގެ ވެރިންތައް ވަނީ ހޯމަ ދުވަހު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ. މި ބައްދަލުވުން ވަނީ ސިއްރު ކޮށްފައެވެ. ބައްދަލުވުން ސިއްރުކޮށްފައި ވަނީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ޕީޕީއެމް މެމްބަރުން ކޮމިޓީ ސިއްރު ކުރުމަށް ވޯޓް ދެއްވުމާ ގުޅިގެންނެވެ.

މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އިދިކޮޅު ޕީޕީއެމްގެ ފަސް މެމްބަރުންނާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ ތިން މެމްބަރުންނާއި، ޖޭޕީގެ ހަތަރު މެމްބަރުންގެ އިތުރުން އެމްޑީއޭގެ މެމްބަރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް