Advertisement
ކ. މާލެ
|
5 މާރޗް 2019 | އަންގާރަ 17:11
ރައީސް ސޯލިހު، ހަސަން ސާބިރުއަށް މަގާމުގެ ފަތްކޮޅު އަރުވަނީ
ރައީސް ސޯލިހު، ހަސަން ސާބިރުއަށް މަގާމުގެ ފަތްކޮޅު އަރުވަނީ
ރައީސް އޮފީސް
ސަފީރުން އައްޔަންކުރުން
ބެލްޖިއަމަށާއި ޔޫރަޕުގެ އިއްތިހާދުގެ ސަފީރަކަށް ހަސަން ސާބިރު އައްޔަނުކޮށްފި
ސާބިރަކީ ދިވެހި ހާރިޖިއްޔާގެ ތަފާތު އެކި މަގާމްތައް ފުރުއްވާފައިވާ ބޭފުޅެއް

ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި ޔޫރަޕުގެ އިއްތިހާދަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ގަލޮޅު ފިޔާތޮށިގެ ހަސަން ސާބިރު، އައްޔަން ކުރައްވައިފިއެވެ.

އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ސާބިރާއި މަގާމުގެ ފަތްކޮޅު ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތް ވޭލްސް އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފައިވާ ސާބިރަކީ ދިވެހި ހާރިޖިއްޔާގައި ތަފާތު އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެމެރިކާއިން ޑިޕްލޮމާ އިން އިކޮނޮމިކް ސްޓެޓިސްޓިކްސް ހާސިލު ކުރައްވައި، އިންޑިޔާއިން ބެޗެލަރ އޮފް ކޮމަރސް ވެސް ހާސިލު ކުރައްވާފައެވެ.

ހަސަން ސާބިރު ފުރުއްވި މަގާމުތަކު ތެރޭގައި، ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕަރމަނަންޓް ރެޕްރެޒެންޓްޓެޓިވް ކަމުގެ މަގާމާއި، ޔޫރަޕުގެ އިއްތިހާދަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމާއި، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަގާމު ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް