Advertisement
ކ. މާލެ
|
5 މާރޗް 2019 | އަންގާރަ 14:34
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި ގާސިމް އިބްރާހިމް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި ގާސިމް އިބްރާހިމް
މަޖިލިސް
ރައްޔިތުންގެ މަޖިލ؛ިސް
ކޮމެޓީ ރިޕޯޓާމެދު ސުވާލު އުފެއްދުމުން، އީސީއަށް މެމްބަރު ނުހޮވައި، ޖަލްސާ ނިންމާލައިފި
ކޮމެޓީގެ މެޖޯރިޓީ އޮތީ ސަރުކާރަށް
ރިޕޯޓަކީ ކޮމެޓީން ފާސްކުރި އެއްޗެއް ނޫން: އަސްލަމް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި އިސްމާއިލް ހަބީބަށް އެންމެ މަތިން މާސް ލިބިވަޑައިގެންނެވި ކޮމެޓީ ރިޕޯޓާ މެދު، އެމްޑީޕީން ސުވާލު އުފެއްދުމުން، އީސީއަށް މެމްބަރަކު އައްޔަން ކުރަން ވޯޓަށް ނާހައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލައިފިއެވެ.

މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވަނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އޭނާއަށް ފޮނުއްވާފައިވާ ސިޓީއެއް އިއްވަވާފައެވެ. އެ ސިޓީގައި ބުނެފައި ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އީސީގެ މެމްބަރު ކަމަށް ކުރިމަތިލާފައިވާ މީހުންނާއި އިންޓަރވިއު ކުރުމަށް ތިން ބައްދަލުވުމެއް ބާއްވައި ދިރާސާކޮށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ ތައްޔާރުކޮށްފައިވާ ރިޕޯޓަކީ ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓެއް ނޫން ކަމަށް އަސްލަމް ފޮނުއްވެވި ސިޓީގައި ވަނީ ބުނެފައެވެ.

އަސްލަމް ފާހަގަ ކުރެއްވި އެ މައްސަލައާ ގުޅިގެން ރިޔާސަތުން ނިންމެވީ އެކަމުގައި ގޮތެއް ނިމެންދެން އެ މައްސަލާގައި ވޯޓަށް އެހުން މަޑުޖައްސާލުމަށެވެ.

"އެ ކޮމިޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަށް ވެފައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރަކަށްވާއިރު، އަސްލަމް ފޮނުވި ސިޓީގެ ހަގީގަތް ކޮމިޓީން ބަލައިނިމުމުން ވޯޓަށް އަހާނެ ވާހަކަ ދަންނަވަން،" ގާސިމް ވިދާޅުވިއެވެ.

ކޮމެޓީ ރިޕޯޓުގައިވާ ގޮތުން ފާސްވާ މިންވަރަށް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންނެވީ ދެ ބޭފުޅަކަށެވެ. އެއީ ހަބީބާއި ހ. އަމްސާވިލާ، އަހުމަދު މޫސާއެވެ.

އީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި 16 ބޭފުޅުންގެ ނަންތައް ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަކީ ސަރުކާރުގެ މެޖޯރިޓީ އޮންނަ ކޮމެޓީއެކެވެ. އަދި އެ ކޮމެޓީގައި ޖޭޕީގެ ތިން މެމްބަރުންނާއި އެމްޑީޕީގެ ތިން މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. ކޮމެޓީގައި ހިމެނޭ ޖުމްލަ އަދަދަކީ 11 އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް