Advertisement
ކ. މާލެ
|
5 މާރޗް 2019 | އަންގާރަ 12:57
އެމްއެމްއޭގެ ގަވަރުނަރު އަހްމަދު ނަސީރު
އެމްއެމްއޭގެ ގަވަރުނަރު އަހްމަދު ނަސީރު
ޓްވިޓަރ
ގަވަރުނަރު ނަސީރު
ގަވަރުނަރު ނަސީރުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި
ފުލުހުންވަނީ ގަވަރުނަރުގެ މައްސަލެއް ބަލަމުންދާކަން ކަށަވަރުކޮށްދީފައި
ފުލުހުންގެ އިތުރުން އަޝްރަފް ވަނީ ގަވަރުނަރު ނަސީރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހުށަހަޅުއްވާފައި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހްމަދު ނަސީރުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާގެ މައްސަލައެއް ބަލަމުންދާ ކަމަށެވެ. އިޒްމިއާ ވިދާޅުވީ މައްސަލައިގެ ޒާތަށް ބަލާފައި އިތުރު ތަފްސީލެއް ހާމަކުރެވެން ނެތް ކަމަށެވެ.

ރާއްޖެ އެމްވީއަށް އެގިފައިވާ ގޮތުގައި ޖެނުއަރީމަހުގެ ފަހުކޮޅު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް ވަނީ އެމްއެމްއޭގެ ގަވަރުނަރާ ދެކޮޅަށް މައްސަލައެއް ފުލުހަށް ހުށަހަޅާފައެވެ. އަޝްރަފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ އޭނާ އެމްއެމްއޭގެ އެފްއައިޔޫގެ ވެރިޔާގެ ގޮތުގައި ހުންނެވި ދުވަސްވަރު، އޭނާގެ މަގާމުގެ ގޮތުން ނަގަންޖެހޭ ޒިންމާ ނެގުމަށް އެމްއެމްއޭގެ ގަވަރުނަރު ހުރަސްއަޅުއްވާފައިވާ ކަމަށެވެ.

އަޝްރަފް އެފްއައިޔޫގެ ވެރިޔާގެ މަގާމުން ވަކިކުރެއްވީ17 ސެޕްޓެމްބަރ 2018 ވަނަ ދުވަހު، މިހާރުގެ ގަވަރުނަރު އަހްމަދު ނަސީރުއެވެ. އަޝްރަފް މިހާރު ވަޒީފާ އަދާކުރައްވަނީ އެމްއެމްއޭގެ ސްޓްރެޖިކް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ސެކްޝަނުގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ އެކައުންޓަކަށް ގިނަ އަދަދެއްގެ ނަގުދު ފައިސާ ޖަމާކޮށް އަދި އެފައިސާ ނަގުދު ފައިސާ އިން ނަގާފައިވާކަމުގެ މައުލޫމާތު ރިޕޯޓް 13 ސެޕްޓެމްބަރު 2018 ދުވަހު، މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ފޮނުއްވެވީ އަޝްރަފެވެ.

ފުލުހުންގެ އިތުރުން އަޝްރަފް ވަނީ ގަވަރުނަރު ނަސީރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހުށަހަޅުއްވާފައެވެ. އަންގާރަދުވަހު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ގަވަރުނަރު ނަސީރު ވަނީ ހާޒިރުކޮށްފައެވެ. އަދި އެ ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް