Advertisement
ކ. މާލެ
|
5 މާރޗް 2019 | އަންގާރަ 12:10
އަންގާރަ ދުވަހު ބޭއްވި ޕޮލިސް ރިފޯރމް ސިމްޕޯޒިއަމްގެ ތެރެއިން
އަންގާރަ ދުވަހު ބޭއްވި ޕޮލިސް ރިފޯރމް ސިމްޕޯޒިއަމްގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
މޯޅްޑިވްސް ޕޮލިސް ސާވިސް
ޕޮލިސް ރިފޯރމް ސިމްޕޯޒިއަމްގައި މިނިވަން މުއައްސަސާތަކުގެ ބައި ފަށައިފި
މިހާތަނަށް 14 ފޯރަމެއް ވަނީ ބާއްވާފައި

ކުރިއަށް އޮތް ފަސް އަހަރަށް ފުލުހުންގެ އިދާރާ ބައްޓަން ކުރުމަށް ބާއްވާ ޕޮލިސް ރިފޯރމް ސިމްޕޯޒިއަމްގައި މިނިވަން މުއައްސަސާތަކުގެ ބައި ފަށައިފިއެވެ.

އެކަމަށްޓަކައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ހަފްލާގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި އެކްޓިން ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދާއި ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. 

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުންގެ މުއައްސަސާ ރިފޯމް ކުރުމަކީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ހިމަނާފައިވާ ކަމެއްކަމަށާއި އުއްމީދު ކުރައްވަނީ ރައްޔިތުންގެ އިތުބާރު ލިބިގެންވާ މުއައްސަސާއަކަށް ފުލުހުން ވުން ކަމަށެވެ. 

"އަޅުގަނޑުގެ ހިތުން މި މަސައްކަތުގައި ވެސް ކުރިއަށް އޮތް ފަސްއަހަރުގެ ސްޓްރެޓެޖިކް ޕްލޭނެއް ހެދުމުގައި ވެސް އެންމެ ހަރުދަނާކަމާ އެކު މަސައްކަތް ކުރެވޭ މުއައްސަސާއަކަށް މި މުއައްސަސާވުން. އަޅުގަނޑު އެ ދެނީ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭނެއް ހެދި ގިނަ މުއައްސަސާތަކާ އެކީ މަސައްކަތް ކުރުމުގެ ފުރުސަތު ލިބުން," އިމްރާން ވިދާޅުވިއެވެ.

އެކްޓިން ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާ މަދަނީ މުއައްސަސާއަކަށް ވީތާ 14 އަހަރު ވެފައިވާ ކަމަށާއި އެ 14 އަހަރުގެ ތެރޭގައި އިޖުތިމާއީ، ސިޔާސީ އަދި ގާނޫނީ ކަންތައްތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ފުލުހުންގެ ތެރޭގައި ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަ ވާކަމަށާއި އެ ސިމްޕޯޒިއަމްއަކީ އެކަންތައްތައް ރަނގަޅުމަށް ފަށާފައިވާ ކަންތައްތަކުގެ ތެރެއިން އެއް ކަންތައް ކަމަށް ހަމީދު ވިދާޅުވިއެވެ. 

"ޒަމާނީ ޑިމޮކްރަޓިކް ވެއްޓެއްގައި ފުލުހުން މަސައްކަތް ކުރުމުގައި ތަފާތު ގޮންޖެހުންތައް ވަނީ ކުރިމަތި ވެފައި. އެގޮތުން ޑިމޮކްރަޓިކް ވެއްޓެއްގައި އަދި ބަދަލުވަމުން އަންނަ ކުށުގެ ވެއްޓެއްގައި ރައްޔިތުންގެ ރައްކާތެރި ކަމަށް މަސައްކަތް ކުރުމާއި ހައްގުތައް ރައްކާތެރިކޮށް ނެގެހެއްޓުމާ އެކު މަސައްކަތް ކުރުމުގެ ވައްޓަފާޅި ނުވަތަ ސިފަ އެންމެ އެކަށީގެންވާ ގޮތެއްގައި ނެތް ކަން ފާހަގަކުރެވޭ،" ހަމީދު ވިދާޅުވިއެވެ. 

ޕޮލިސް ރިފޯރމް ސިމްޕޯޒިއަމް ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މިހާތަނަށް 14 ފޯރަމެއް ބާއްވާފައިވާ އިރު މި ސިމްޕޯޒިއަމް ނިންމާލަނީ މި މަހުގެ 29 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ. 

އަންގާރަ ދުވަހު ބާއްވާ ފުލުހުންގެ ސިމްޕޯޒިއަމްގައި ހުށައެޅުންތައް ހުށައަޅާނީ އެންޓިކަރަޕްޝަން ކަމިޝަން (އޭސީސީ)، ޖެންޑަރ މިނިސްޓްރީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، މިނިސްޓްރީ އޮފް އެޑިއުކޭޝަން، ނެޝަނަލް އިންޓެގްރިޓީ ކަމިޝަން، ޓްރާޏްސްޕޭރެންސީ މޯލްޑިވްސް، ވިމެން އެންޑް ޗިލްޑްރެން އެންޖީއޯސް، އިމިގްރޭޝަން، މޯލްޑިވްސް މީޑިއާ ކައުންސިލް، މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކް، އައިސީޓީ ކޮމިއުނިޓީ، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
5 މާރޗް 2019 | އަންގާރަ 07:39
ihaaru.
ހުތުރު މަންޒަރެއް