Advertisement
ކ. މާލެ
|
5 މާރޗް 2019 | އަންގާރަ 10:09
އިސްކަންދަރު ސްކޫލުގެ ޕޯސްޓް އެވޯޑިން ސެރަމޮނީގެ ތެރެއިން
އިސްކަންދަރު ސްކޫލުގެ ޕޯސްޓް އެވޯޑިން ސެރަމޮނީގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
އިސްކަންދަރު ސްކޫލް
އިސްކަންދަރު ސްކޫލުގެ ޕޯސްޓް އެވޯޑިން ސެރަމޮނީ ބާއްވާއިފި
މި އަހަރަށް ހޮވުނު ޕްރިފެކްޓަރުންނަށް ވަނީ މަގާމު ހަވާލުކޮށްފައި
ސްކޫލުގެ ކެޕްޓަނަކަށް ހޮވުނީ މުހައްމަދު ޒައުލް އަޒްމީލް

އިސްކަންދަރު ސްކޫލުގެ މި އަހަރުގެ ޕޯސްޓް އެވޯޑިން ސެރެމޮނީ ބާއްވައިފިއެވެ. 

އަންގާރާ ދުވަހު ހެނދުނު ބޭއްވި އެ ސްކޫލުގެ އެވޯޑިން ސެރެމޮނީގައި ގްރޭޑް އަށެއް، ނުވައެއްގެ އިތުރުން ގްރޭޑް 10ގެ މި އަހަރަށް ހޮވުނު ޕްރިފެކްޓަރުުންނަށް ވަނީ ޕްރިފެކްޓް ކަމުގެ ސެޓްފިކެޓް ހަވާލުކޮށްފައެވެ. އަދި މީގެ އިތުރުން އިސްކަންދަރު ސްކޫލުގެ ކްލަބްތަކުގެ މަގާމުތަކަށް ދަރިވަރުން ވަނީ ހޮވާފައެވެ.

ގްރޭޑް އަށެއްގެ ޕްރިފެކްޓަރުކަން 20 ދަރިވަރުންނަށް ދީފައިވާއިރު ގްރޭޑް ނުވައެއްގެ 16 ދަރިވަރުންނަށް ވަނީ ޕްރިފެކްޓް ކަން ލިބިފައެވެ. ގްރޭޑް 10ގެ 25 ދަރިވަރުންނަށް ޕްރިފެކްޓަރުކަން ވަނީ ދީފައެވެ. މީގެ އިތުރުން އެ ސްކޫލުގެ އިންގްލިޝް ކްލަބް، ސްޓެމް ކްލަބް، ފިޓްނެސް ކްލަބް، ބިސްނަސް ކްލަބްގެ އިތުރުން އެހެން ކްލަބްތަކުގެ މަގާމުތަކަށް ދަރިވަރުން ވަނީ އައްޔަކޮށްފައެވެ.

އިސްކަންދަރު ސްކޫލުގެ މި އަހަރުގެ ކެޕްޓަން އަށް އައްޔަންކޮށްފައި ވަނީ މުހައްމަދު ޒައުލް އަޒްމީލްއެވެ. ސްކޫލުގެ އެކްޓިވިޓީސް ކެޕްޓަންގެ މަގާމު ލިބުނީ ޝަދްހަ އަބްދުލް ވާހިދުއަށެވެ. 

އިސްކަންދަރުގެ ސްކޫލުގެ ޓީޗަރުންނާއި އެޑިއުކެޝަން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތް މި ހަފްލާ ޝަރަފްވެރި ކޮށްދެެއްވީ، އެޑިއުކޭޝަން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދުއެެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޑރ. ރަޝީދު ވިދާޅުވީ، އިސްކަންދަރު ސްކޫލަކީ ރާއްޖޭގެ އެންމެ ރަނގަޅު އެއް ސްކޫލު ކަމަށާއި، އެ ސްކޫލުން ވަންނަ ބޭނުންވެގެން ކޮންމެ އަހަރަކުވެސް ގިނަ ކުދިންތަކެއް ސްކޫލުގެ ޕްލެސްމެންޓް ހޯދުމަށް މަސައްކަތް ކުރާ ކަމަށެވެ.

މީގެ އިތުރުން ރަޝީދު ވިދާޅުވީ، މިއަދު މަގާމުތައް ހަވާލުކުރެވުނު ދަރިވަރުން ސްކޫލު ނިމިގެން ވަޒީފާގެ މައިދާނަށް ނިކުންނައިރު އެ ދަރިވަރުންގެ ސީވީއަށް އޭގެ ސަބަބުން އިތުުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށެވެ. ހުރިހާ ދަރިވަރުންވެސް މަސައްކަތް ކުރަން ޖެހޭނީ މި އަހަރަކީ ކާމިޔާބު އަހަރަކަށް ހެދުމަށް ކަމަށް މަޖީދިއްޔާ ސްކޫލުގގެ ކުރީގެ ޕްރިންސިޕަލް ޑރ. ރަޝީދު ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް