Advertisement
ކ. މާލެ
|
5 މާރޗް 2019 | އަންގާރަ 01:38
އަތުލައިގަތް މަސްބޯޓްތައް
އަތުލައިގަތް މަސްބޯޓްތައް
އެމްއެންޑީއެފް
ބޭރުގެ މަސްބޯޓްތަކެއް އަތުލައިގަތުން
ސިފައިން އަތުލައިގަތް ލަންކާގެ ހަތަރު ބޯޓް ފުލުހުންނާ ހަވާލުކޮށްފި
މި މަސް ބޯޓްތަކުގައި ޖުމްލަ 25 މީހަކު ތިބި

ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް އެމްއެންޑީއެފް ކޯސްގާޑުން އަތުލައިގަތް ސްރީލަންކާގެ ހަތަރު މަސްބޯޓު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ދިވެހިރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަދެ މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ ހަތަރު މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މި ހަތަރު މަސްބޯޓުގެ ތެރެއިން ދެ ބޯޓެއް ފެނިފައި ވަނީ ހއ.ކެލާގެ އިރު އުތުރުން 103 ނޯޓިކަލް މޭލު ބޭރުންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އަދި އަނެއް ދެ ބޯޓު ފެނިފައި ވަނީ ކުރިން ފެނުނު ދެ މަސްބޯޓު ހދ.ކުޅުދުއްފުއްޓަށް ގެނައުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ހުރަވީ ދަތުރުކުރަމުން ދަނިކޮށެވެ.

މި ހަތަރު މަސްބޯޓު ފުރަތަމަ ގެންގޮސްފައި ވަނީ ހދ.ކުޅުދުއްފުށްޓަށެވެ. އެމްއެންޑީއެފުން ބުނީ ހަތަރު ބޯޓު ފުލުހުންނާ ޙަވާލުކޮށްފައި ވަނީ، ހުޅުމާލެއަށް ގެނައުމަށްފަހުކަމަށެވެ. މި މަސްބޯޓްތަކުގައި ޖުމްލަ 25 މީހަކު ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް