Advertisement
ކ. މާލެ
|
4 މާރޗް 2019 | ހޯމަ 22:42
ހައުސިން މިނިސްޓަރު އާމިނަތު އާތިފާ
ހައުސިން މިނިސްޓަރު އާމިނަތު އާތިފާ
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
ފްލެޓުތަކުގެ މައްސަލާގައި މިނިސްޓަރު އާތިފާ މާދަމާ މަޖިލީހަށް ހާޒިރު ކުރަނީ
ހާޒިރު ކުރަން ހުށަހެޅުއްވީ މެމްބަރު ރިފާއު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަވަސް އަރުވާލައިގެން ބަހައި، ނިންމާލި ފްލެޓުތަކުގެ މައްސަލާގައި މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ހާޒިރުކޮށް ސުވާލު ކުރަން ނިންމައިފިއެވެ.

މަޖިލީހުގެ ޖަލްސާއަށް އެކަމަނާ ހާޒިރުކޮށް، ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފައި ވަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ)އެވެ. މިނިސްޓަރު އާތިފާއަށް އޭނާ ކުރައްވާ ސުވާލުގައި ވަނީ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާތީ، އެއީ ހަގީގަތެއްތޯ ސާފު ކުރެއްވުމަށެވެ. އަދި ޔާމީންގެ ސަރުކާރުން ފްލެޓު ލިބުނު ކަމަށް ބުނާ މީހުންނަށް ވާނީ ކިހިނަކުންތޯ އޭނާ ކުރައްވާ ސުވާލުގައިވެއެވެ.

ޔާމީންގެ ސަރުކާރުން އަވަސް އަރުވާލައިގެން، ފްލެޓް ދިން މައްސަލާގައި ގިނަ ބައެއްގެ ކަންބޮޑުވުން އޮތުމުން، އެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޮމެޓީއެއް އުފައްދަވާފައެވެ. ބޯހިޔަވަހިކަމަށް ދަތިވެފައިވާ އެތައް ސަތޭކަ ބަޔަކު ތިއްބައި، ރިޔާސީ އިންތިހާބާ ދިމާކޮށް ޔާމީންގެ ސަރުކާރުން ބަހާލި ފްލެޓުތަކުގެ މައްސަލަ ބެލުމަށް އުފެއްދި ކޮމެޓީން ވަނީ ފްލެޓު ލިބުނު މީހުންގެ ވަނަވަރު އާންމުކޮށް، ޝަކުވާ ހުށަހަޅަން އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
5 މާރޗް 2019 | އަންގާރަ 02:26
މޮޔަ
މިފަހަރުވެސް ފްލެޓް ދިން އިރު ނުބަލައި ހުރިކަން ފާާާހަގަ ކުރެވޭ. އެއީ މާލޭގަ ގެދޮރު ހުރި އަދި ހުޅުމާލެއިން ފްލެޓް ލިބިފަ ހުރި މީހުންނަށް އެބަ ހުރި މިފަހަރުވެސް ފްލެޓް ލިބިފަ. ހައްޤުވެރިންނަށް އިސްކަން ދެމާތޯ! ރަގަޅަށް އިވަލުއޭޝަން ހައްދަވާ