Advertisement
ކ. މާލެ
|
4 މާރޗް 2019 | ހޯމަ 22:16
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ގެންދަވަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ގެންދަވަނީ
މުހައްމަދު ޝަރުހާން
ރައީސް ޔާމީން
ޔާމީނަށް އައިޖީއެމްއެޗުން ފަރުވާ ދެނީ ޖަލު ޑޮކްޓަރުގެ އެންގެވުމަށް، 24 ގަޑިއިރަށް
ހިތުގެ ބައްޔާ ބެހޭ ޑިޕާޓްމަންޓުގައި އެޑްމިޓްކޮށްފައިވޭ

ޝަރީއަތް ނިމެންދެން ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، މާލެ ގެނެސް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވީ ރައީސް ޔާމީން އެ ހޮސްޕިޓަލަށް ގެނައީ މާފުށީ ޖަލުގައި ހުންނަވާ ޑޮކްޓަރުގެ ލަފާގެ މަތިން ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ކަމަށާއި ޑޮކްޓަރު ލަފާ ދެއްވާފައި ވަނީ ހިތުގެ ފަރުވާ ދިނުމާ ބެހޭ ޑިޕާޓްމަންޓުން އެމަނިކުފާނަށް ފަރުވާ ދިނުމަށް ކަމަށެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރުން އެމަނިކުފާނު ބައްދަލަވަމުން ގެންދަވާ ކަމަށާއި 24 ގަޑިއިރު ވަންދެން ޔާމީންގެ ސިއްހީ ހާލަތު މޮނީޓާކުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރައީސް ޔާމީނު އާލާސްކަންފުޅާ އުޅުއްވާތީ ޑޮކްޓަރަށް ދެއްކުމަށް މިދިއަ މަހުގެ 20 ވަނަ ދުވަހު ވެސް ވަނީ މާލެ ގެނެސްފައެވެ. އަދި ޖެހިގެން އައި ދުވަހު އަނެއްކާވެސް އެމަނިކުފާނު ވަނީ ޖަލަށް ބަދަލު ކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރާ މަނީލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 18 ވަނަ ދުވަހު އަމުރު ނެރެފައިވާއިރު އެ އަމުރު ނެރުނީ، ރައީސް ޔާމީންގެ މައްޗަށް ދައުވާކުރާ މަނީ ލޯންޑެރިންގެ މައްސަލާގައި، ހެކިންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައެވެ.
 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
6 މާރޗް 2019 | ބުދަ 07:24
ޅަބޭބާ
އެއުޅެނީ ބޮލުގެ އެއޗެއްޖައްސައިގެން ޖަރުމަނަށްދާން!