Advertisement
ކ. މާލެ
|
4 މާރޗް 2019 | ހޯމަ 19:07
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
މުހައްމަދު ޝަރުހާން
ކަސްޓަމްސް ސާވިސް
ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ބުދުތަކެއް ހިފަހައްޓައިފި
މި ބުދުތައް މިހާރު ވަނީ އިންޑިއާއަށް ފޮނުވާލާފައި

އިންޑިއާއިން ރާއްޖެއައި ބަޔަކު ރާއްޖެއަށް އެތެރެކުރަން އުޅުނު ބުދުތަކެއް ކަސްޓަމްސްއިން ހިފަހައްޓައިފިއެވެ.

މިތަކެތި އެތެރެކުރަން އުޅެފައިވަނީ ވައިގެ މަގުން ރާއްޖެއައި އިންޑިއާގެ 3 އަންހެނުންނާއި ފިރިހެނެކެވެ.

ހިފަހައްޓާފައިވާ ބުދުތަކުގެ ތެރޭގައި އެކި ސައިޒްގެ 28 ބުދު ހިމެނެއެވެ. މި ތަކެތިގެނައި މީހުން ތަކެއްޗާއިއެކު މިހާރުވަނީ އަނބުރާ އިންޑިއާއަށް ފޮނުވާލާފައެވެ. 

އަޅުކަންކުރަން ގެންގުޅޭ ބުދަކީ ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖޭއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެކެވެ.

ރާއްޖެއިން ބޭރުގެ ފަރާތްތައް ރާއްޖެ އަންނައިރު އެމީހުން ގެންނަތަކެތީގެ ތެރޭގައި ހިމެނޭ ރާއްޖެއަށް އެތެރެކުރުމަށް ހުއްދަނުދެވޭ ތަކެތި، އެމީހުން ރާއްޖެއިން ފުރައިގެންދާއިރު އަނބުރާ ގެންދިއުމަށް ބޭނުންވެއްޖެ ހާލަތެއްގައި އަނބުރާ ގެންދިއުމުގެ ފުރުޞަތު އެފަރާތްތަކަށް ކަސްޓަމްސް އާންމުގަވާއިދުން ލިބިދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް