Advertisement
ކ. މާލެ
|
4 މާރޗް 2019 | ހޯމަ 14:41
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
ގޫގުލް
އަބްދުﷲ ރިޔާޒު
އޭސީސީއަށް ގާނޫނު ތަންފީޒު ކުރުމުގެ ބާރު ދިނުމަށް މަޖިލިސް ވަނީ ނުކުޅެދިފައި: ރިޔާޒު
އޭސީސީއަށް ދޭބާރުތައް ރިވިއުކުރަން ޖެހޭ
މަޖިލީހުން އެއްވިސްނުމެއް ގެންގުޅެން ޖެހޭ
މެންބަރުން ނަޒާހަތްތެރިވެގެން މެނުވީ ކޮރަޕްޝަން ނައްތާ ނުލެވޭނެ

އެންޓި ކޮރަޕްޝަން ކޮމިޝަނުން ގާނޫނު ތަންފީޒު ކުރުމުގެ ބާރު ދިނުމަށް ރައްޔިތުންގެ މަޖިލިސް ނުކުޅެދިފައިވާ ކަމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް ލީޑަރ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހުގެ ގެނައުމުގެ ބިލާއި ބެހޭ ގޮތުން ބަހުސް ކުރައްވަމުން މެންބަރު ރިޔާޒު ވިދާޅުވީ ރާއްޖޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނެއް އެބައޮތް ކަމަށާއި،  ނަމަވެސް ކޮމިޝަނަށް ގާނޫނު ތަންފީޒުކޮށް، ތަހުގީގުކުރުމަށް ދޭންޖެހޭ ބާރުތައް ދިނުމަށް މަޖިލީހުން ނުކުޅެދިފައިވާ ކަމަށެވެ.

ރިޔާޒު ވިދާޅުވީ އޭސީސީއަށް ދޭބާރުތައް ރިވިއުކުރަން ޖެހޭ ކަމަށާއި، ކޮމިޝަން ބޭފުޅުންގެ މަސައްކަތްތައް ފުރިހަމައަށް އަދާކުރުމަށް ދަތިވެގެން އެކަންކަމުގެ ގާނޫނީ ބާރު ލިބިދިނުމަށް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެފަދަ ހުށަހެޅުމަށް ހުށަހަޅާފައިވާނަމަ އެކަންކަން ބަލާ ގާނޫނު ތަންފީޒު ކުރާ ދާއިރާތައް އެފުރުސަތު ލިބެންޖެހޭ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"އެއީ އެންޓި ކޮރަޕްޝަން ކޮމިޝަން ކަމުގައި ވިޔަސް، ދިވެހި ފުލުހުންގެ ޚިދުމަތް ކަމުގައި ވިޔަސް. މިދެ ދާއިރާތައް ގުޅިގެން މަސައްކަތް ކުރާނީ ކިހިނެތްތޯ. އެއީ ވެސް އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެއް." މެންބަރު ރިޔާޒު ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލަށް އިޝާރާތް ކުރައްވާ މެންބަރު ރިޔާޒު ވިދާޅުވީ މިފަދަ ޒާތުގެ ބިލްތައް ހުށަހެޅިގެންދާއިރު، މަޖިލީހުން އެއްވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށެވެ. އަދި އެވިސްނުމަކީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމުގެ ވިސްނުން ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ އެވިސްނުމަކުން ވިސްނައި މަޖިލިސް ހުރިހާ މެންބަރުން އެކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. މެންބަރުން ނަޒާހަތްތެރިވެގެން މެނުވީ ރާއްޖެއިން ކޮރަޕްޝަން ނައްތާ ނުލެވޭނެ ކަމަށާއި، ފުރަތަމަ މިމަސައްކަތްތައް ކުރަންޖެހޭ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް