ކ. މާލެ
|
4 މާރޗް 2019 | ހޯމަ 16:48
އަލްޖީރިއާގެ ރައީސް
އަލްޖީރިއާގެ ރައީސް
ސީޖީޓީއެން
އަލްޖީރިއާ
އިތުރު ދައުރަކަށް ހޮވިއްޖެނަމަ 1 އަހަރު ތެރޭގައި މަޤާމުން ދުރުވާނަން: އަލްޖީރިއާގެ ރައީސް
ބޫތެފްލިކާ ކުރިމަތިލައްވަނީ 5 ވަނަ ދައުރަކަށް
އެމަނިކުފާނާ ދެކޮޅަށް ގިނަ ބަޔަކު މުޒާހަރާކުރަމުންދޭ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިތުރު ދައުރަކަށް އިންތިހާބުވެއްޖެނަމަ 1 އަހަރު ތެރޭގައި މަޤާމުން ދުރުވާނެ ކަމަށް އަލްޖީރިއާގެ ރައީސް އަބްދުލްއަޒީޒް ބޫތެފްލިކާ ވިދާޅުވެއްޖެއެވެ. 

އާދިއްތަ ދުވަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރ ވިދާޅުވީ، އޭޕްރީލް މަހު އޮންނަ އިންތިހާބުގައި ބޫތެފްލިކާ ކުރިމަތިލައްވާނެ ކަމަށާއި، އަލުން އިންތިހާބުވެއްޖެނަމަ ދައުރުގެ ފުރަތަމަ އަހަރު ތެރޭގައި އިތުރު އިންތިހާބެއް ބާއްވައި، މަޤާމުން ދުރަށް ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. 

އެ ޤައުމުގައި ވެރިކަން ކުރައްވާތާ 20 އަހަރުވެފައިވާ ބޫތެފްލިކާ އެހެން ވިދާޅުވެފައިވަނީ، އަލްޖީރިއާގައި ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނާ ދެކޮޅަށް އެއްވުންތައް ބާއްވައި މުޒާހަރާތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން މުޒާހަރާތައް ކުރިއަށްދާތާ 10 ދުވަސް ވެފައިވާއިރު، މިއީ ރައީސް ބޫތެފްލިކާ އެކަމާ ގުޅިގެން އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރެވެ. 

އަލްޖީރިއާގައި ކުރިއަށްދިޔަ މުޒާހަރާތައް 

އެމަނިކުފާނު އެހެން ވިދާޅުވި ނަމަވެސް ގިނަ އަދަދެއްގެ ޒުވާނުން ވަނީ މަގުތަކަށް އެއްވެ މުޒާހަރާތައް ކުރިއަށް ގެންގޮސްފައެވެ. އަދި ކުރިއަށް އޮތް އިންތިހާބަށް ކުރިމަތި ލުމުގެ ކެނޑިޑެސީ ފޯމް ހުށަނޭޅުމަށް ގޮވާލައި ވަނީ އަޑުއުފުލާފައެވެ. އަދި ބޫތެފްލިކާއާ ދެކޮޅަށް ހިންގި މުޒާހަރާތަކުގައި 70،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. 

ކުރިއަށް އޮތް އިންތިހާބުގައި މިހާރު 5 ވަނަ  ދައުރަކަށް ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ބޫތެފްލިކާއާ ވާދަކުރުމަށް 7 ކެނޑިޑޭޓަކު ވަނީ ފޯމު ހުށައަޅާފައެވެ. 

 

- ކޮމެންޓް
5 މާރޗް 2019 | އަންގާރަ 07:48
ihaaru.
ދަލިވިންޑެޑް