Advertisement
ކ. މާލެ
|
4 މާރޗް 2019 | ހޯމަ 09:09
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
ރައީސް އޮފީސް
އިކޮނޮމިކް މިނިސްޓްރީ
ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި
މިއީ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުމަށް އެކުލަވާލާފައިވާ ބިލެއް

ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ''ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލު'' އެކުލަވާލާފައިވަނީ، ދިވެހިރާއްޖޭގައި ގާއިމުވެގެން ހިންގާ ވިޔަފާރިތަކުގެ މެދުގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމަށާއި، ވިޔަފާރިތަކުގެ މެދުގައި ވާދަވެރިކަން ހަނިވާ ގޮތަށް ހިންގާ ވިޔަފާރީގެ އަމަލުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދީ ކުރިއެރުމަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށް ކަމަށެވެ.

މިނިސްޓްރީން ބުނީ މިބިލުގައި ވާދަވެރިކަމަށް ހުރަސްއަޅާ އެއްބަސްވުންތަކާއި ވިޔަފާރީގެ އަމަލުތައް މަނާކުރުމާއި، މާކެޓުގައި ނުފޫޒުފޯރުވޭނޭ މަގާމެއް ލިބިފައިވާ ވިޔަފާރިއަކުން އެފަދަ މަގާމެއްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާ ކުރުން މަނާކުރެވޭނެ ނިޒާމެއް ގާއިމުކުރެވޭނެ ގޮތްތައް ކަނޑައަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން އެއް ވިޔަފާރިއެއް އަނެއް ވިޔަފާރިއަކާ އެއްކޮށްލުމުގެ ސަބަބުން ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް އާދަޔާ ހިލާފަށް ހުރަސްއެޅިގެންދާ ދިޔުން ކޮންޓްރޯލްކުރުމުގެ ގޮތުން ކަމާބެހޭ އުސޫލުތައް އެކުލަވާލުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މިބިލަކީ ޖުމްލަ ގޮތެއްގައި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމާބެހޭ ކަންކަން ބަލަހައްޓާ އިދާރާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުމަށް އެކުލަވާލާފައިވާ ބިލެއް ކަމަށެވެ.

ހިޔާލު ހުށަހަޅުއްވަން ޝައުގުވެރިވާ ފަރާތްތަކުން، މިމަހުގެ 11 ވަނަ ދުވަހު މިނިސްޓްރީއަށް ހުށަހެޅުމަށް ވެސް ބަޔާނުގައިވެއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
4 މާރޗް 2019 | ހޯމަ 04:26
ކަރުކެހި
ތިކަހަލަ ތާކުންތާކު ނުޖެހޭބިލްތައް ފާސްކޮއްގެން ކޮންސަކަރާތެއްތަ މިޖަހަނީ މިނުންގޮތަކައް މިގައުމު ނުހިންގެނީތަ