Advertisement
ކ. މާލެ
|
4 މާރޗް 2019 | ހޯމަ 08:46
ފެންފުށީ ކައުންސިލާއި އެކު ރައީސް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
ފެންފުށީ ކައުންސިލާއި އެކު ރައީސް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ރައީސް ސޯލިހު
ރައީސް ސޯލިހު ފެންފުށީ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފި
ފެންފުށީ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އދ. ފެންފުށީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

އާދިއްތަ ދުވަހުގެ ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ފެންފުށީ ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރަށުގެ އިގްތިސާދީ ނަފާ އިތުރުކުރުމަށް ރާއްވަވާފައިވާ ކަންކަމާ ބެހޭ މައުލޫމާތު އަދި ހާއްސަކޮށް ބިމުގެ ދަތިކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވާފައެވެ.

މީގެ އިތުރުން ރަށުގެ ޞިއްޙީ މަރުކަޒުގައި ލެބޯރޓަރީއެއް ނެތުމުން ކުރިމަތިވާ ދަތިތަކާއި، ނަރުދަމާ އަދި ފެނުގެ ނިޒާމް ގާއިމް ކުރެވުފައި ނެތުމުން ކުރިމަތިވާ ދަތިތަކާއި، ސްކޫލްގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ޒުވާނުން ކުޅިވަރު ކުޅޭނެ ދަނޑު ފަދަ ތަންތަން ގާއިމުކޮށްދެވިފައި ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ރައީސްއާއި ކައުންސިލުން ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

ރައީސް ސޯލިހު ވަނީ ފެންފުށި ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމަކީ ކޮންމެ ދުވަހަކު ވެސް ކައުންސިލްތަކާއި ބައްދަލުކޮށް، ރަށްރަށުގެ ހުރި މައްސަލަތައް އޮޅުން ފިލުއްވުމަށް ރައީސް ސޯލިހު ބާއްވަވާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުކުރެއްވުމުކެވެ.   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް