Advertisement
ކ. މާލެ
|
3 މާރޗް 2019 | އާދީއްތަ 19:50
މަސްތުވާތަކެތި އަޅާފައިވާ ރަބަރު ޕެކެޓް ތަކެއް
މަސްތުވާތަކެތި އަޅާފައިވާ ރަބަރު ޕެކެޓް ތަކެއް
ރާއްޖެ އެމްވީ
މަސްތުވާތަކެތި
މަސްތުވާ ތަކެއްޗާއެކު ހައްޔަރުކުރި 21 މީހުންގެ ތެރެއިން ފަސްމީހުން ދޫކޮށްލައިފި
12 މީހެއްގެ ބަންދަށް ފަސް ދުވަހުގެ މުއްދަތު ޖަހާފައިވޭ
މި މައްސލައިގައި ތިން މީހަކަށް ތިން ދުވަހުގެ މުއްދަތު ޖަހަފައިވޭ

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލާ ފާސްކޮށް މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި 21 މީހުންގެ ތެރޭގައި ހިމެނޭ ފަސްމީހަކު ކުރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނުގައި ކޯޓް އަމުރެއްގެ ދަށުން ގެއެއް ބަލާ ފާސްކޮށް މަސްތުވާ ތަކެއްޗާއި އެކު ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ 18 އަހަރުން ދަށުގެ ކުއްޖާގެ ބަންދާއި މެދު ގޮތެއް ނިމުމަށް ކޯޓަށް ހާޒިރުނުކޮށް 24 ގަޑިއިރުގެ ތެރޭގައި ދޫކޮށްލާފައި ވެއެވެ.

އެހެން ކަމުން މި މައްސަލައިގައި ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކޮށްފައިވަނީ 20 މީހުނެވެ.

ފުލުހުން ބުނީ ފަސް މީހުން ދޫކޮށްލި ނަމަވެސް 12 މީހެއްގެ ބަންދަށް ފަސް ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ. އަދި މި މައްސލައިގައި ތިން މީހުންނަށް ތިން ދުވަހުގެ މުއްދަތު ޖަހައިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ހޮނިހިރު ދުވަހު ފުލުހުން ހިންގި މި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވާ 21 މީހުންގެ ތެރޭގައި ކުޑަކުއްޖާގެ އިތުރުން ބިދޭސީއެއް ވެސް ހިމެނެއެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަންގައި ބަލައި ފާސްކޮށްފައިވަނީ މ. އެވަރެސްޓްއާގެ އެވެ. މިގެއިން 38 ރަބަރު ޕެކެޓް ފެނިފައިވާއިރު އެތަކެތި ޓެސްޓް ކުރަމުން ދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މިއީ ފަހަކަށް އައިސް މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި އެންމެ ގިނަ ދިވެހީންތަކެއް އެއްފަހަރާ ހައްޔަރު ކުރި ފުރަތަމަ ފަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް