Advertisement
ކ. މާލެ
|
3 މާރޗް 2019 | އާދީއްތަ 16:55
ސްޕެއިން ސަރުކާރުން ކަނޑައެޅުއްވި އާ ސަފީރުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން
ސްޕެއިން ސަރުކާރުން ކަނޑައެޅުއްވި އާ ސަފީރުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން
ރައީސް އޮފީސް
ރާއްޖެ - ސްޕެއިން
ގިނަ ދާއިރާތައް ކުރިއެރުވުމަށް ސްޕެއިންނާއެކު މަސައްކަތްކުރަން ބޭނުން: ރައީސް
ރާއްޖެއާއި ސްޕެއިންއާއި ދެމެދުގައި އޮތް ގުޅުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ރާއްޖެއިން ދެއްވާނެކަމަށް ރައީސް ވިދާޅުވި

ރާއްޖޭގެ އިޤްތިސާދުގެ ގިނަ ދާއިރާތަކަށް އިތުރު ކުރިއެރުންތައް ހޯދުމަށް ސްޕެއިންއާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އެފަދައިން ވިދާޅުވީ، ސްޕެއިން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހޯޒޭ ރަމޯން ބަރަނާނޯ ފަނާންޑޭޒް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މި ރަސްމިއްޔާތުގައި، ސްޕެއިންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ވިދާޅުވެ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާގުޅިގެން އެމަނިކުފާނަށް ތަޙުނިޔާ ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ސްޕެއިންއާއި ދެމެދުގައި އޮތް ގުޅުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ރާއްޖެއިން ދެއްވާކަން ފާހަގަ ކުރައްވަމުން ހޯޒޭ ރަމޯން ބަރަނާނޯ ފަނާންޑޭޒްގެ ސަފީރުކަމުގެ ދައުރުގައި މި ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. 

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ތަރައްޤީއަށާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިތުރު ކުރިއެރުންތައް ހޯދުމަށް ސްޕެއިންއާއެކު މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ފާހަގަކުރައްވައިފައެވެ. 

މި ބައްދަލުކުރެއްވުމުގައި، ސްޕެއިންގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ޚިދުމަތްކުރެއްވުމަށް ލިބިވަޑައިގެންނެވި މި ފުރުސަތަކީ ލިބިވަޑައިގެންނެވި ފަޚުރެއްގެ ގޮތުގައި ފާހަގަކުރައްވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް