Advertisement
ކ. މާލެ
|
3 މާރޗް 2019 | އާދީއްތަ 14:34
18 ވަނަ މަޖިލީހަށް އިންތިހާބުވި މެމްބަރުން: ވެބްސައިޓުގައި ހިމެނެނީ 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގެ މެމްބަރުންގެ މައުލޫމާތު
18 ވަނަ މަޖިލީހަށް އިންތިހާބުވި މެމްބަރުން: ވެބްސައިޓުގައި ހިމެނެނީ 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގެ މެމްބަރުންގެ މައުލޫމާތު
ވީނިއުސް
ރައްޔިތުންގެ މަޖިލ؛ިސް
މެމްބަރުން ވޯޓު ދެއްވި ގޮތާއި ފޯނު ނަމްބަރު ހިމެނޭ ވެބްސައިޓެއް އާންމުކޮށްފި
ކުރި އާއި މިހާރުގެ 135 މެމްބަރެއްގެ މައުލޫމާތު ހިމެނޭ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބިލުތަކަށް ވޯޓު ދެއްވި ގޮތާއި އެ މެމްބަރުންގެ ވަނަވަރު ހިމެނޭ ގޮތަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވެބްސައިޓެއް އާންމުކޮށްފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން "މަގޭ އެމްޕީ ޑޮޓް އޯއާރްޖީ"ގެ ނަމުގައި ތައާރަފް ކުރި ވެބްސައިޓުގައި 17 ވަނަ ރައްޔިތުންގެ މަޖިލީހާއި މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ މައުލޫމާތު ހިމަނާފައި ވެއެވެ. އެގޮތުން 135 މެމްބަރެއްގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި މޯބައިލް ފޯން ނަމްބަރު ވެސް އެ ވެބްސައިޓްގައި އާންމުކޮށްފައި ވެއެވެ.

ޓްރާންޕޭރަންސީ މޯލްޑިވްސްގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރު އަހުމަދު ތޮލާލު ވިދާޅުވީ "މަގޭ އެމްޕީ" ވެބްސައިޓްގައި އާންމުކޮށްފައި ވާނީ އާންމުކޮށް ލިބެން ހުރި މައުލުމާތު ކަމަށާއި އެ ގޮތުން އެ މެމްބަރަކު މަޖިލީހަށް ހާޒިރުވެ، ވޯޓު ދެއްވި ބިލުތަކާއި ވޯޓު ނުދެއްވާ ބިލުތަކާއި ހާޒިރު ނުވާ ޖަލްސާތަކުގައި ފާސްކުރި ބިލްތައް ވެސް އެނގެން ހުންނާނެ ކަމަށެވެ.

މަގޭ އެމްޕީ ވެބްސައިޓުގައި މެމްބަރުން މަޖިލީހަށް ހާޒިރުވެ، މަސައްކަތްކުރި ގޮތް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އާންމު ކުރުމާ ގުޅިގެން، ބައެއް މެމްބަރުން އެކި ހިޔާލުތައް ފާޅުކުރައްވަމުން ގެންދަވާ ކަމަށް ތޮލާލު ވިދާޅުވިއެވެ. އެގޮތުން ބައެއް ބިލުތައް ފާސްކުރެވުނު ދުވަސްތަކުގައި، މަޖިލީހަށް ހާޒިރު ނުވެވުނު ސަބަބު މެމްބަރުން އަމިއްލައަށް ސޯޝަލް މީޑިއާގައި އާންމު ކުރައްވަމުން ގެންދަވާ ކަމަށް ތޮލާލު ވިދާޅުވިއެވެ.

"އަދި އަޅުގަނޑުމެން އާންމު މި ކުރީ އާންމުކޮށް ލިބެން ހުރި މައުލޫމާތުތައް. ބައެއް މައުލޫމާތުތައް ގަވާއިދުން މަޖިލީހުން އާންމު ކުރަންވާނެ. ކޮމެޓީގެ މަސައްކަތްތަކަކީ އެގޮތަށް މުހިއްމު ވެގެންދާނެ މަސައްކަތްތަކެއް. އަޅުގަނޑުމެން، ޓްރާންސްޕޭރެންސީން ވަކިވަކި ކެންޑިޑޭޓުން މިނެކިރާލެވޭނެ ގޮތްތައް އާންމުންނަށް ފަސޭހައިން ލިބޭނެ ގޮތް ހަދުމުގެ މަސައްކަތް ކުރަމުން މިދަނީ،" ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރު ކަން ވެސް ކުރެއްވި ތޮލާލު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން، ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރިން ވެސް ވަނީ "މަޖިލިސް ވޮޗު"ގެ ނަމުގައި ވެބްސައިޓެއް އާންމުކޮށްފައެވެ. ނަމަވެސް އެ ވެބްސައިޓަށް މައުލޫމާތު ދިނުން މަޖިލީހުން ހުއްޓާލުމުން، އެ މަސައްކަތް މަޑުޖެހުނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް