Advertisement
ކ. މާލެ
|
3 މާރޗް 2019 | އާދީއްތަ 12:31
ޝުނާނާ
ޝުނާނާ
ޓްވިޓަރ
އޭސީސީ
އޭސީސީގެ މެމްބަރުން ވަކިކުރުމަށް ގޮވާލާ ޕެޓިޝަން މި ހަފްތާތެރޭގައި މަޖިލީހަށް ހުށައަޅަނީ
ފުރަތަމަ ދެ ގަޑިއިރު ތެރޭގައި 300 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައި
ޕެޓިޝަނުގައި ކުރީގެ ރައީސް ނަޝީދު ވެސް ވަނީ ސޮއިކުރައްވާފައި

އޭސީސީގެ މެންބަރުން މަގާމުން ވަކި ކުރަން ގޮވާލައި ސޮއިކުރަން ފަށާފައިވާ ޕެޓިޝަން މިހަފްތާ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅާނެ ކަމަށް ގާނޫނީ ވަކީލާ މަރިޔަމް ޝުނާނާ ވިދާޅުވެއްޖެއެވެ.

ޝުނާނާ ވިދާޅުވީ އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ގޮވާލައި މަޖިލީހަށް ހުށައަޅާ ޕެޓިޝަންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ސޮއިކުރައްވާފައިވާ ކަމަށެވެ. އެ ޕެޓިޝަންގައި ސޮއިކުރުން އާޓިފިޝަލް ބީޗްގައި މިދިޔަ ހުކުރު ދުވަހު ހަވީރު ފަށާފައިވާއިރު ފުރަތަމަ ދެ ގަޑިއިރު ތެރޭގައި 300 އަށް ވުރެ ގިނަ މީހުން ވަނީ ސޮއި ކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ހިމެނިވަޑައިގަންނަވައެވެ. 

އޭސީސީގެ މެމްބަރުން ވަކިކުރުމަށް ޕެޓިޝަނެއް ހުށައަޅަން ހަމަޖެހިފައިވާއިރު، އޭސީސީގެ މެމްބަރުންނާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ. 

އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ތައްޔާރުކުރި ރިޕޯޓް މިމަހުގެ 14 ވަނަ ދުވަހު އާއްމުކޮށްފައިވާއިރު، އެ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ނޫން ކަމަށް ޝުނާނާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް