Advertisement
ކ. މާލެ
|
3 މާރޗް 2019 | އާދީއްތަ 01:12
ހަސަން ލަތީފުގެ ކެމްޕެއިން ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ
ހަސަން ލަތީފުގެ ކެމްޕެއިން ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ
މުހައްމަދު ޝަރުހާން
ރައީސް މުހައްމަދު ނަޝީދު
އެމްޑީޕީއަށް މެޖޯރިޓީ ނުލިބިއްޖެނަމަ އަނެއްކާވެސް ބަޢާވާތުގެ ތެރެއަށް ދާނެ: ނަޝީދު
އެޖެންޑާ ނަވަރާ ވާނީ ދަރަނި ފިލުވަދޭ އެއްޗަކަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބިއްޖެނަމަ އަނެއްކާވެސް ބަޢާވާތުގެ ތެރެއަށް ރާއްޖެ ދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.  

ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް ހަސަން ލަތީފްގެ ކެމްޕެއިން ފެށުމަށް ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މެޖޯރިޓީ ލިބެން ކޮންމެހެން ބޭނުން ކަމަށެވެ. މަޖިލީހަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން ވަކި ބޭފުޅުންނަކީ ބަޢާވާތް ކުރުމުގައި ފާހަގަ ކޮށްލެވޭ ބޭފުޅުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް ނަޝީދު ވިދާޅެއްނުވިއެވެ.      

މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ނުދީފި ނަމަ ރައްޔިތުން އެ ތިބީ ބަޢާވާތަކަށް ވަރިހަމަ ކޮށްގެން ކަމަށާއި އެހެން ނަމަވެސް އެ ފުރުސަތު ދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. 

ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގެ ތެރޭގައި ސިފައިންގެ އިސް އޮފިސަރުން އެމަނިކުފާނަށް ގުޅުއްވައި ވެރިކަން ބަދަލުކުރާ ހިސާބަށް ގޮސްފި ކަމަށް ވިދާޅުވަމުން ގެންދެވި ކަމަށެވެ. އަދި ވިދާޅުވީ ވެރިކަން ބަދަލު ކުރަން ތިން ފުރުސަތެއް ރައީސް ޔާމިންގެ ވެރިކަމުގެ ތެރޭގައި ލިބުނު ނަމަވެސް އެ ކަން ކުރައްވަން ބޭނުންފުޅު ނުވީ ކަމަށެވެ.

"މިދިޔަ ފަސް އަހަރު އަޅުގަނޑަށް ވަރަށް ދެތައް މި ދަންނަވަނީ މަހެއް ދެ މަހެއް ނުދާނެ ސިފައިންގެ އިސް ބޭފުޅަކު އަޅުގަނޑަށް ގުޅުއްވާފައި ވެރިކަން ބަދަލުކުރާން ވެއްޖެ ކަމާއި މި ގޮތައް މި ކަންތައް ބާއްވައިގެން ނުވާނެ ކަމާ ކޮންމެހެންވެސް ވެރިކަން ފުރޮޅާލަން ޖެހޭ ކަމަށް އަޅުގަނޑަށް ލަފާ އަރުވަމުން ގެންދެވި. އަދި މި މާލޭގެ ކަމަވޮށިގެންވާ ހަރު މީހުންނާއި ޒުވާނުންވެސް އާންމުކޮށް ތަކުރާރުކޮށް އަޅުގަނޑު ގާތު ބުނަމުން ދިޔަ. ވަރަށް އުފާވޭ ވެރިކަން ބަދަލު ކޮށް ނުލެވުނީތީ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އަލަށް މެމްބަރުން އިންތިހާބު ކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރައްޔިތުންނަށް ވެފައިވާ ދަރަނި ފިލުވާ ތަނަކަށް ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ބޯހިޔާ ވަހިކަން އެޖެންޑާ ނަވާރައިގެ ދަށުން އެމްޑީޕީން ފާސްކުރާ ގާނޫނުތަކުން ލިބިގެންދާނެ ކަމަށް ވިދާޅުވާ ވާހަކަފުޅު އެމަނިކުފާނު ވަނީ ތަކުރާރު ކުރައްވާފައެވެ.

މިރޭ ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ނަޝީދު އާއި ހަސަން ލަތީފު

ނަޝީދު ވަނީ ޕީޕީއެމްގެ މެމްބަރުން އެމްޑީޕީގެ އެޖެންޑާ ނަވާރަގެ ލީފްލެޓްތައް ކިޔުމަށް އެދިވަޑައިގެންފައެވެ. އަދި މާލޭ ހުރިހާ ގޮނޑިތަކެއް އެމްޑީޕީއަށް ދިނުމަށް އާދޭހާއެކު އެދިވަޑައިގެންނެވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ހަގީގަތް އެނގި ތިބެ އެމްޑީޕީގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދޭނެ ކަމާމެދު އެމަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެވެ.

އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ އަނެއްކާވެސް ބަޢާވާތަކުން ވެރިކަން ބަދަލުވާނެ ކަމަށް ނަޝީދު ވިދާޅުވަމުން ގެންދަވާއިރު އެމަނިކުފާނުގެ ވެރިކަން ބަދަލު ކުރެއްވުމުގައި އިސްކޮށް އުޅުއްވި ކަމަށް އެމްޑީޕީން ތުހްމަތުކުރާ ބައެއް ބޭފުޅުން މި ފަހަރުގެ އިންތިހާބުގައި ވާދަކުރައްވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
2 މާރޗް 2019 | ހޮނިހިރު 22:09
Vagu
Den nukereyne gasim Akah maumoon Akah ekan kuraakah