Advertisement
ކ. މާލެ
|
2 މާރޗް 2019 | ހޮނިހިރު 23:03
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
މުހައްމަދު ޝަރުހާން
ލުއިލޯނު
ދިގު މުއްދަތުގައި ފައިސާ ދައްކާ ގޮތަށް ގެދޮރު އަޅަން ލޯނު ލިބޭނެ: ނަޝީދު
އެޖެންޑާ 19 އަކީ ރައީސް ސޯލިހުގެ ވައުދުތައް ފުއްދައި ދިނުމުގެ މެދުވެރިއެއް
ރައީސް ސޯލިހުގެ ވައުދު ތަކަކީ އިލްމީ އަންދާޒާ ތަކަށް ފަހު ވެފައިވާ ވައުދު ތަކެއް

 

މަޖިލީސް 19 ވެގެންދާނީ އެ މަޖިލީހުން  ދިގު މުއްދަތުގައި ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް ގެދޮރު އެޅުމަށް ރައްޔިތުންނަށް ލުއި ލޯނު ލިބޭނެ މަގުފަހިކޮށްދޭނެ މަޖިލީހަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބާރަށު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލައްވާފައިވާ އަހުމަދު އަބްދުﷲގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ބޭނުންތައް އެތައް ގޮތަކުން ފުއްދައިދޭނެ މަޖިލީހެއް ކަމަށެވެ.

އެގޮތުން ދިގު މުއްދަތުގައި ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް ލުއި ލޯނުތައް ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމާއި ރައްޔިތުން ދަނޑުތަކުގައި ހައްދާ މޭވާއާއި ތަރުކާރީ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ގަންނާނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމާއި ތައުލީމާއި ވަޒީފާގެ ފަހި ފުރުސަތުތައް ރައްޔިތުންނަށް ހޯދައި ދިނުން ހިމެނޭ ކަމަށެވެ.

" އަޅުގަނޑަށް ވުރެން މާރަނގަޅަށް ތިޔަބޭފުޅުންނަށް އެނގޭނެ ގެއެއް އަޅަން ކުރަންޖެހޭ މަސައްކަތްތައް. ގެވަޅެއް ލިބުނީމަ ފުރަތަމަ އަހަރު ފައުންޑޭޝަން ދަމާލާނެ.  ދެން އަންނަ އަހަރު ކޮންމެވެސް ވަރަކަށް ފާރުތައް ރާނާލާނެ. ދެން އަންނަ އަހަރު ހިޔާކުރާނެ. ދެން އަންނަ ރޯދައަށް އިރުމަތީ ބިތުގައި ސިމެންތި ޖަހާލެވިދާނެ. އަނެއް އަހަރު ދޮރުތައް ބަހައްޓާނެ. ގެއެއް އަޅާނިމޭއިރު އާދައިގެ ކައިވެންޏެއް މިއޮންނަނީ މެދުޖެހިފަ. ހަގީގަތުގައި ގެއަކާއި އެކު ރީތިކޮށް ދިރިއުޅުމުގެ ފުރުސަތު އަޅުގަނޑުމެންނަށް މިއޮންނަނީ ނުލިބިފަ. އެޖެންޑާ 19 ތިޔަ ބޭފުޅުންނަށް ކޮށްދޭނެ އެއްކަމަކީ ދިގު މުއްދަތުގައި ފައިސާ ދައްކާ ޚަލާސްކުރާ އުސޫލުން ގެދޮރު އެޅުމަށްޓަކައި ލުއި ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދިނުން." ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވީ އެޖެންޑާ 19 އަކީ ރައީސް ސޯލިހުގެ ވައުދުތައް ފުއްދައި ދިނުމުގެ މެދުވެރިއަކަށް ވެގެންދާނެ ކަމަށެވެ.  އަދި ރައީސް ސޯލިހުގެ ހުރިހާ ވައުދުތަކަކީ ވެސް  އިލްމީ އަންދާޒާ ތަކަށް ފަހު ވެފައިވާ ވައުދު ތަކެއް ކަމަށާއި އެއީ ހަމަ ތިބެލާފައި ވެފައިވާ ވައުދު ތަކެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
3 މާރޗް 2019 | އާދީއްތަ 05:18
ޝާޝާ
އަޅުގަނޑަށް ތިޔަ ވިދާޅުވާ ލުއި ލޯނުތައް ދިނުމަށް ވުރެ މާ ރަނގަޅު ޕެންޝަން ފަންޑުގައި ފައިސާ ހުރި ފަރާތްތަކަށް އެފަރާތްތެއްގެ އަމިއްލަ ގެދޮރު ބިނާކުރުމަށް ފަންޑުން ބައެއް ވިޔަސް ދިނުން. އަބަދު ލޯނުތަކުގެ ވާހަކަ ދެއްކުމަށްވުރެ