Advertisement
ކ. މާލެ
|
2 މާރޗް 2019 | ހޮނިހިރު 17:36
ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އަތުލައިގެން މީހުން ފުލުހުންގެ ވެހިކަލަށް އަރުވަން ގެންދަނީ
ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އަތުލައިގެން މީހުން ފުލުހުންގެ ވެހިކަލަށް އަރުވަން ގެންދަނީ
މުހައްމަދު ޝަރުހާން
މަސްތުވާ ތަކެތި
މަސްތުވާތަކެއްޗާއެކު 21 މީހުން ހައްޔަރުކޮށްފި
އެ ގެ ފާސްކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:52 ހާއިރު ކޯޓު އަމުރެއްގެ ދަށުން
ހައްޔަރުކޮށްފައިވާ 21 މީހުންގެ ތެރޭގައި 18 އަހަރު ނުވާ ކުޑަ ކުއްޖަކު ހިމެނޭ
ފުލުހުން ބަލައި ފާސްކުރި ގެއިން 38 ރަބަރު ޕެކެޓްކޮޅު ފެނިފައިވޭ

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލާ ފާސްކޮށް މަސްތުވާތަކެއްޗާއެކު 21 މީހަކު ހައްޔަރު ކޮށްފިއެވެ.

 

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް 21 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. 

އެގޮތުން ބަލައި ފާސްކޮށްފައިވަނީ މ. އެވަރެސްޓްއާގެ ކަމަށާއި  އެ ގެ ފާސްކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:52 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

މިއޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވާ 21 މީހުންގެ ތެރޭގައި 18 އަހަރު ނުވާ ކުޑަ ކުއްޖަކާއި ބިދޭސީއެއް ހިމެނޭ ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން ބަލައި ފާސްކުރި ގެއިން 38 ރަބަރު ޕެކެޓްކޮޅު ފެނިފައިވާ ކަމަށާއި އެގެއިން ފެނުނު މަސްތުވާތަކެތި ޓެސްޓް ކުރަމުންދާ ކަމަށެވެ.  

މައްސަލައާއި ގުޅޭ އިތުރު ތަފްސީލް ފަހުން ހާމަކުރާނެ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް