Advertisement
ކ. މާލެ
|
2 މާރޗް 2019 | ހޮނިހިރު 16:31
މީޑިއާ ކައުންސިލްގެ މެމްބަރު ހޮވުމަށް ބޭއްވި އިންތިހާބުގައި ނާއިފު (ވ) ވޯޓުލަނީ: އޭނާ އިންތިހާބުވެވަޑައިގެންނެވީ 63 ވޯޓުން
މީޑިއާ ކައުންސިލްގެ މެމްބަރު ހޮވުމަށް ބޭއްވި އިންތިހާބުގައި ނާއިފު (ވ) ވޯޓުލަނީ: އޭނާ އިންތިހާބުވެވަޑައިގެންނެވީ 63 ވޯޓުން
އަވަސް
މީޑިއާ ކައުންސިލް
މީޑިއާ ކައުންސިލުން ހުސްވި މެމްބަރު ކަމުގެ މަގާމަށް ނާއިފް އިންތިހާބުކޮށްފި
ނާއިފަށް ލިބިވަޑައިގެންނެވީ 63 ވޯޓު
އޭނާއާ ވާދަ ކުރެއްވި ނައުޝާދަށް ލިބިވަޑައިގެންނެވީ 9 ވޯޓު
ނޫސް، މަޖައްލާތަކުގެ އަދަދަކީ 108

މީޑިއާތަކަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް "އަވަސް އޮންލައިން"ގެ މެނޭޖިން އެޑިޓަރު އަހުމަދު ނާއިފް އިންތިހާބު ކޮށްފިއެވެ.

ނާއިފު އެމްއެމްސީގެ މެމްބަރު ކަމުގެ މަގާމަށް އިންތިހާބު ކުރީ، އެ ކައުންސިލަށް މެމްބަރަކު ހޮވުމަށް ބޭއްވި ބައި އިލެކްޝަންގައި "ނޫނު އިންފޯ"އިން ވާދަ ކުރި އަހުމަދު ނައުޝާދާ ވާދަކޮށް ބޮޑު ތަފާތަކުންނެވެ. އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި 85 މީޑިއާގެ ތެރެއިން، ނާއިފަށް ލިބިވަޑައިގެންނެވީ 63 ވޯޓެވެ. ނައުޝާދަށް ލިބިވަޑައިގެންނެވީ ނުވަ ވޯޓެވެ.

ނޫސްވެރިކަމުގައި މެދުނުކެނޑި، އަށް އަަހަރު މަސައްކަތް ކުރަމުންދާ ނާއިފު ވަނީ ސަން އޮންލައިންނާއި ހަވީރު ނޫހުގެ އިތުރުން ރާއްޖޭގެ އެންމެ ފުރަތަމަ އަމިއްލަ ރޭޑިއޯ ސްޓޭޝަން ދިއެފްއެމްގައި ވެސް މަސައްކަތް ކޮށްފައެވެ.

މީޑިއާ ކައުންސިލު އިންތިހާބުގައި ވާދަ ކުރެއްވި ދެ ކެންޑިޑޭޓުން-- ފޮޓޯ/ އަވަސް

މީޑިއާ ކައުންސިލަށް މެމްބަރަކު އިންތިހާބު ކުރީ އެ ކައުންސިލްގެ މެމްބަރު ކަމުގައި ހުންނެވި، ރާއްޖެޓީވީގެ ނިއުސް ޑިރެކްޓަރު އަލީ ޔޫސުފްގެ މެމްބަރުކަމުގެ ދައުރު ހަމަވުމުންނެވެ. މީޑިއާ ކައުންސިލްގައި ތިއްބަވަނީ 15 މެމްބަރުންނެވެ. އެއީ މީޑިއާތައް ތަމްސީލު ކުރާ އަށް މެމްބަރުންނާއި އާންމުންގެ ތެރެއިން އެ ކައުންސިލަށް އިންތިހާބު ކުރާ ހަތް މެމްބަރުންނެވެ.

މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެން ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސް މަޖައްލާ އާއި އޮންލައިން މީޑިއާތަކުގެ އަދަދަކީ 108 އެކެވެ. އަދި ޓީވީ އާއި ރޭޑިއޯ ސްޓޭޝަން ހިމެނޭ ގޮތަށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ 37 ފަރާތަކަށް ދީފައިވެއެވެ.

އެތަންތަނާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގެ ހައްގު، ގާނޫނުން ދީފައި ވަނީ މީޑިއާ ކައުންސިލަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް