Advertisement
ކ. މާލެ
|
2 މާރޗް 2019 | ހޮނިހިރު 23:09
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
މުހައްމަދު ޝަރުހާން
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކޮމިޝަންތަކަށް ބާރުދޭ ބިލަށް ވޯޓަށް ނޭހީ ކޮން ސިއްރުތަކެއް ފަހަތުގައި އޮތުމުންކަން ސާފުވޭ: ނަޝީދު
އެމްޑީޕީ ނޫން އެހެން އެފަރާތްތަކުގެ އަމިއްލަ މަސްލަހަތު މާގިނައިން ފުށުއަރާ

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލަށް ވޯޓަށް ނޭހީ ކޮން ސިއްރު ކަންތައްތަކެއް ފަރުދާގެ ފަހަތުގައި އޮތުމުންކަން ސާފުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ކުރިއަށްގެން ދިޔަ ޕޯސްޓަރ ހަރުކުރުމާއި ބިލްބޯޑު ހަރުކުރުމުގެ ތެރެއިން ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ, ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލަކީ އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ބޮޑަށް ވައުދުވެވަޑައިގެންނެވި ދެކަންތައްތައް ކަމަށެވެ. ނަމަވެސް އެ ބިލް ގާނޫނަކަށް ނެހެދީ ކީއްވެކަން އަދި ކޮންކަންތައްތަކެއް ފަރުދާގެ ފަހަތުގައި އޮތުމުންކަން ސާފުވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

" އަޅުގަނޑުމެންނަކަށް ނުފެނޭ ރައްޔިތުންގެ މަޖިލީސް ކުރިއަށް ދާތަނެއް . މަރުތަކުގެ ހަގީގަތް ހޯދުމާއި އަދި ކަރަޕްޝަންގެ ހަގީގަތުގެ އަޑި ބެލުން އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ބޮޑަށް ވައުދުވެވަޑައިގެންނެވި ދެކަންތައް. އަދި ރާއްޖޭގެ ރައްޔިތުން އެންމެ ބޮޑަށް އެދިއެދިތިބި ކަންތައްތައް. އެކަންތައްތަކުގެ ހަގީގަތް ހޯދުމަށް މަޖިލީހުން ގާނޫނެއް ފާސްކުރުމަށް ހުށައެޅުމުން މިދަނީ އެކަން ނުވަމުން . އަޅުގަނޑުމެންނަށް ސާފުވޭ މިއީ ކޮންކަންތައްތަކެއް ފަރުދާގެ ފަހަތުގައި ހުރީމަކަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މަރުގެ މައްސަލަތަކާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމަށް މަޖިލީހަށް ހުށަހެޅި ބިލު އެ ބިލް އެޖެންޑާ އިން ނަގައި އަނބުރާ ކޮމިޓީ އަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އެވެ.

ރައީސް ސޯލިހުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދާ ގުޅިފައިވާ ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލު ފުރަތަމަ ހުށަހެޅީ ކުރީ އަހަރުގެ ފަހު ދައުރުގަ އެވެ. އޭރު ވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރު ކޯލިޝަންގެ އަތުގަ އެވެ. އެ ބިލަށް ވޯޓަށް އެހުމަށް ތިން ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް އެބިލް ފާސް ކުރުމަށް މެންބަރުން މަޖިލީހަށް ހާޒިރުވެވަޑައި ނުގަންނަވަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި މިހާރު ވެސް އޮތީ އިއްތިހާދުގެ މެޖޯރިޓީއެއް ކަމަށާއި  އެހެން ނަމަވެސް އިއްތިހާދުން އެއްބަސް ވެވިފައިވާ އެއްވެސް ކަމެއް މަޖިލީހުގެ ތެރެއިން ކުރާ މަންޒަރެއް ނުފެންނަކަށެވެ.  

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ފިޔަވައި އެހެން ގިނަ ފަރާތްތަކުގެ މަސްލަހަތު ހުރީ ރާއްޖޭގެ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރުމަށް ނޫންކަމަށާއި އެފަރާތްތަކުގެ އަމިއްލަ މަސްލަހަތު މާގިނައިން ފުށުއަރާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން އެމްޑީޕީއަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މެޖޯރިޓީ ހޯދަންވީ އެހެންވެ ކަމަށާއި އެކަމަށް އެޕާޓީން އަބަދުވެސް މަސައްކަތް ކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް