ކ. މާލެ
|
2 މާރޗް 2019 | ހޮނިހިރު 16:34
އަހުމަދު ނާސިފް އާއި ރައީސް ނަޝީދު ފީނަނީ
އަހުމަދު ނާސިފް އާއި ރައީސް ނަޝީދު ފީނަނީ
މުހައްމަދު ޝަރުހާން
ބ. ފުޅަދޫ
ޓައީ އަޅައިގެން މޫދަށް ފުންމާލި ކައުންސިލަރުގެ ރައްދު: ފުންމާލީ ރައީސް ނަޝީދާ އެކު ބައިވެރިވާން!
ޖޯކު ޖެހިޔަސް ޕާޓީގެ ލީޑަރާއެކު ބައިވެރިވެވުމުން އުފާވޭ

ފުޅަދޫގެ މުރަކައިގެ ބަގީޗާ ބެލުމަށް އެ ރަށުގެ ކައުންސިލަރު ސަރުކާރު އޮފީތަކަށް ހާޒިރުވާ ރަސްމީ ހެދުމުގައި ފުންމާލުމުން، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. އަދި ފާޑުކިޔުން ވެސް އަމާޒުވިއެވެ.

ގިނަ ބަޔަކު ސުވާލު އުފައްދާފައި ވަނީ އޭނާ ރަސްމީ ހެދުމުގައި ހުރެ މޫދަށް ފުންމާލުމުންނެވެ. އަދި ޓައީ އަޅައި، ބެގީ ޖަހައިގެން ހުރެ، ރައީސް ނަޝީދާ އެކު ސްނޯކްލިންގ އަށް ދިއުމުންނެވެ.

ދުނިޔޭގެ ގިނަ އަދަދެއްގެ ފަތުރުވެރިންގެ މަޤުބޫލުކަން ހޯދާފައިވާ ދިވެހިރާއްޖޭއަކީ ރަށްތަކާއި ފަޅުތަކުގެ ރީތިކަމަށް މުޅި ދުނިޔެއަށް ވެސް މަޝްހޫރު ގަޢުމެކެވެ. 

އާބާދީގެ ގޮތުން 370 ވަރަކަށް މީހުން ދިރިއުޅޭ ބ. ފުޅަދޫއަކީ ވެސް ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ރަށެކެވެ. ރަށުގެ ދޮންވެލި ތުނޑިތަކުގެ ރީތިކަމާއި ރަށް ކައިރީގައި ވާ މުރަކައިގެ ފަރުގެ އިތުރުން ރަށުގެ ރައްޔިތުންގެ ހިތްހެޔޮ ކަަމުގެ ވާހަކައަކީ، އަބަދު ވެސް އިވޭ ވާހަކަތަކެވެ.

އެމްޑީޕީގެ ރައީސް ނަޝީދު އެރަށަށް ވަޑައިގަތުމުން އެރަށުގެ ކުދިބޮޑު ރައްޔިތުންނާއި ރަށުގެ އިސްރަށްވެހިން ވެސް އެންމެ ބޮޑަށް އެދިފައިވަނީ ރަަށް ކައިރީގައި ހުރި މުރަކައިގެ ބަގީޗާތައް ބާލާލަން ދިއުމަށެވެ. މިކަމުގެ އިސްކޮށް އުޅުއްވި ފަހުރިހި ޑައިވް ސެންޓަރުގެ ޑައިވިންގް ދާއިރާގައި 37 އަހަރު ހޭދަކޮށްފައިވާ ހުސައިން ރަޝީދް (ސޭންޑީ) ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް އެ ސަރަހައްދު ބަލާލަން ދިޔުމަށް ދައުވަތު ދެއްވީ އެ ސަރަހައްދުގައި ސަލާމަތްވެފައިވާ މުރަކަތައް ދައްކާލުމަށް ކަމަށެވެ. ކޮރަލް ބްލީޗިންގެ އަސަރުކޮށް ބ. އަތޮޅުގެ ފަރުތަކުގެ 50 އިންސައްތަ މަރުވެފައިވާއިރު  ގޮއިދޫ އަތޮޅުގެ މަރުވެފައި ވަނީ ހަމައެކަނި ފަސް އިންސައްތަ ކަމަށް ސޭންޑީ ވިދާޅުވިއެވެ. ކައުންސިލަށް ދައުވަތު ދިން މައިގަނޑު ސަބަބަކީ އެ ސަރަހައްދުގެ މުރަކަތައް މަރުވާ ސަބަބު ކިޔައިދީ ހޭލުންތެރިކުރުމަށެވެ.

މުރަކައިގެ ބަގީޗާ

މީސް މީޑިއާގައި ދައުރުވެގެންދިޔަ ފޮޓޯތަކަށް އިދިކޮޅު ފަރާތްތަކުގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އާސިފް ވިދާޅުވީ، އެ ދަތުރުގައި ބައިވެރިވާކަން ހިސާން އަދި ރައީސް ނަޝީދު އަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި ރަސްމީ ގަޑީގައި ޕާޓީގެ ލީޑަރު ވަޑައިގަތުމުން ބައިވެރިވީ ކަމަށެވެ. އަދި މޫދަށް ފުންމާލީ އަމިއްލައަށް ފެނިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުޅަދޫ ކައުންސިލަރާއި ރައީސް ނަޝީދު

އާސިފް ވިދާޅުވީ އިދިކޮޅު ފަރާތުން ޖޯކު ޖެހިޔަސް އެއީ މައްސަލައެއް ނޫންކަމަށާއި ޕާޓީގެ ލީޑަރާއެކު ބައިވެރިވުން މާ މުހިންމު ކަމަށެވެ. 

- ކޮމެންޓް