Advertisement
ކ. މާލެ
|
2 މާރޗް 2019 | ހޮނިހިރު 09:06
ހުޅުމާލޭ ހޮސްޕިޓަލް
ހުޅުމާލޭ ހޮސްޕިޓަލް
މުހައްމަދު ފަޒީން
ހުޅުމާލޭގައި އެކްސިޑެންޓް ގިނަވުން
ހުޅުމާލޭގައި މާބަނޑު އަންހެނަކު މަގު ހުރަސް ކުރަނިކޮށް އެކްސިޑެންޓް ވެއްޖެ
މާބަނޑު މީހާގެ ބޯ ފަޅައިގެން ދިއުން ފިޔަވައި އިތުރު އަނިޔާއެއް ނުލިބޭ

ހުޅުމާލޭގައި މާބަނޑު އަންހެނަކު މަގު ހުރަސް ކުރަނިކޮށް އެކްސިޑެންޓް ވެއްޖެއެވެ.

އެކްސިޑެންޓްގައި މާބަނޑު މީހާގެ ބޯ ފަޅައިގެން ދިއުން ފިޔަވައި އިތުރު އަނިޔާއެއް ނުލިބެއެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް ވަނީ 31 އަހަރުގެ އަންހެނަކު އެކްސިޑެންޓް ވެގެން އެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދާ ކަން ޔަގީންކޮށްދެއްވާފައެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ވެސް ވަނީ އެފަދަ ހާދިސާއެއް ތަހްގީގުކުރަމުން އަންނަ ކަމަށް ބުނެފައެވެ.

މިދިޔަ ފެބްރުއަރީ މަހު ވެސް ސެނެހިޔާ ކައިރީ ރިންގްރޯޑްގެ ކަފިހިހުރަސް މަތިން މަގު ހުރަސް ކުރަނިކޮށް ކާރަކުން ޖެހި  އަންހެނެއްގެ ބޯފަޅައިގެން ގޮސްގެން ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އެ އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވަން އިން ޑްރައިވަރުގެ ލައިސަންސް ދެ އަހަރަށް ހިފަހައްޓާ، އޭނާގެ ޓެކްސީ ކުރުމުގެ ހުއްދަ ވަނީ ބާތިލްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް