Advertisement
ކ. މާލެ
|
1 މާރޗް 2019 | ހުކުރު 12:25
ހައި ކޯޓު
ހައި ކޯޓު
މުހައްމަދު ޝަރުހާން
އައްޑޫ ސިޓީ
އައްޑޫ ދާއިރާތައް އިތުރު ކުރުމަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެން ނުވޭ: ހައި ކޯޓު
އެގޮތަށް ނިންމީ ތިން ފަނޑިޔާރުންގެ އިއްތިފާގުން
ދާއިރާ އިތުރު ނުކުރަން އީސީން ވެސް ވަނީ ނިންމާފައި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ ސިޓީގެ އިންތިޚާބީ ދާއިރާތައް އިތުރު ކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެން ނުވާ ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.

އެ މައްސަލަ ހައިކޯޓަށް ނުބެލޭނެ ކަމަށް ބުރާސްފަތި ދުވަހު ނިންމީ ކޯޓުތަކުގެ ގާނޫނާއި ހައިކޯޓުގެ ގަވާއިދުގެ ތެރޭގައި ހިމެނޭ ދުސްތޫރީ މައްސަލައަކަށް ނުވާތީއެވެ.

އެގޮތަށް ނިންމީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު އަލީ ސަމީރެވެ.

މަރަދޫ ފޭދޫ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުމަށް އައްޑޫ ސިޓީގެ ކައުންސިލްގެ މެންބަރުންނާ އިލެކްޝަންސް ކޮމިޝަނުން މަޝްވަރާ ކުރިއެވެ. އައްޑޫ ސިޓީގެ އެކި އަވައްތަކުގައި އެކަމާއި ގުޅޭ މަޝްވަރާ ބައްދަލުވުންތައް ވެސް އެ ކޮމިޝަނުން ކުރިއަށް ގެންދިޔައެވެ. ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރިއަށް ގެންދިޔަ މިބައްދަލުވުންތަކަށްފަހު، އައްޑޫއަށް ދާއިރާ އިތުރު ނުކުރަން އެކޮމިޝަނުން ވަނީ ނިންމާފައެވެ.

މިނިންމުމާއި މެދު ބައެއް ރައްޔިތުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. މިހާރު މަރަދޫދޭދޫ އޮންނަނީ ވަކިން އޮންނަ މީދޫ ދާއިރާގެ ބައެއްގެ ގޮތުގައި ކަމަށްވާތީ މަރަދޫފޭދޫގެ ބައެއް ހައްގުތައް ގެއްލޭ ކަމަށް އެ ދާއިރާގެ ބައެއް ރައްޔިތުން ބުނެއެވެ. 

އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މީދޫ ދާއިރާގައި ހިމެނޭ މަރަދޫފޭދޫ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެދި ހައިކޯޓަށް ހުށަހެޅީ ކުރީގެ ބަންޑާރަނައިބު މިހާރުގެ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު  ހުސްނުއްސުއޫދާއި ސ. މަރަދޫފޭދޫ ފައިވްރޯޒް މުމްތާޒު އަލީގެ ފަރާތުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް