Advertisement
ކ. މާލެ
|
1 މާރޗް 2019 | ހުކުރު 12:48
އިލެކްޝަންސް ކޮމިޝަންގެ ވޯޓް ފޮށިތަކެއް
އިލެކްޝަންސް ކޮމިޝަންގެ ވޯޓް ފޮށިތަކެއް
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019
ކެނޑިޑޭޓުންގެ މަންދޫބުންނަށް ވާން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި
7 މާރޗް 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮތީ ހުޅުވާލެވިފައި

19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުރާސްފަތި ދުވަހު ބުނީ، 28 ފެބްރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 7 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލާކަމަށެވެ.

އިންތިޚާބުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް ކެންޑިޑޭޓުންގެ މަންދޫބުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ގޮތުގައި އެކޮމިޝަނުން ކަނޑައަޅާފައިވަނީ އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުމާއި، ޖިނާޢީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުމާއި، ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މެންބަރެއް/ވެރިއެއް ކަމުގައި ނުވުމާއި، ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައި ނުވުމުގެ އިތުރުން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައި ހުރި މީހަކު ކަމުގައި ނުވުމެވެ.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ބެލުމަށް ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކުރިމަތިލުމަށް ފޯމު ހުށަހަޅުއްވާނީ މާލޭގައިނަމަ އިންތިޚާބީ މަރުކަޒު (ބާޖަމާލުއްދީން) ގެ ރިސެޕްޝަނަށެވެ. އަތޮޅުތަކުގައިނަމަ އެ އަތޮޅެއްގެ އަތޮޅު ފޯކަލް ފޮއިންޓަށް ނުވަތަ އެ ރަށެއްގެ ފޯކަލް ޕޮއިންޓަށެވެ. އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އިން ނަމަ، އެ ސިޓީއެއްގެ ފޯކަލް ޕޮއިންޓަށެވެ.

ކެންޑިޑޭޓުންގެ މަންދޫބުންގެ ފޯމް ބަލައި ގަންނަން ހަމަޖެހިފައިވަނީ 28 ފެބްރުވަރީ 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 07 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ހަވީރު 04:00 އަދި ކޮންމެ ހޮނިހިރު ދުވަހަކު ހެނދުނު 10:00 އިން ހަވީރު 04:00 އަށެވެ.

އެޕްލިކޭޝަން ފޯމު އިލެކްޝަން ކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑްކުރެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް