Advertisement
ކ. މާލެ
|
1 މާރޗް 2019 | ހުކުރު 12:49
އަންހެން ސިފައިންގެ ޚިދުމަތް ދިވެހި އަސްކަރިއްޔާގައި އުފެދިގެންދިޔައީ 65 އަންހެން ސިފައިންނާއެކު
އަންހެން ސިފައިންގެ ޚިދުމަތް ދިވެހި އަސްކަރިއްޔާގައި އުފެދިގެންދިޔައީ 65 އަންހެން ސިފައިންނާއެކު
އެމްއެންޑީއެފް
އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު
އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމަށް ހަވާ އެރުވުމާއިއެކު ޚާއްސަ ހަރަކާތްތަކެއް
ބަޑިބޭހުގެ ޚާއްޞަ ކުޅިވަރުތައް އޮތީ، ސެނަހިޔަ ހޮސްޕިޓަލް ކުރިމަތީ ހުކުރު ދުވަހުގެ ރޭ 20:15 ގައި

އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމަށް ހަވާ އެރުވުމާއިއެކު ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި ގޮތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި މާރިޗު 1 ވަނަ ދުވަހު އަންހެން ސިފައިންނާއި ސިފައިންގެ ޢާއިލާތަކުން ބައިވެރިވެގެން ކަޅުތުއްކަލާކޮށީގައި ކުޅިވަރުގެ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އާންމުކޮށް ހުޅުވާލެވިގެން، ބަޑިބޭހުގެ ޚާއްޞަ ކުޅިވަރުތަކެއް ސެނަހިޔަ ހޮސްޕިޓަލް ކުރިމަތީ އޮންނަ ހުސް ބިން ސަރަޙައްދުގައި ހުކުރު ދުވަހުގެ ރޭ 20:15 ގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މިމަހު 22 ވަނަ ދުވަހު ރޫޓު މާޗެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އަންހެން ސިފައިންގެ ޚިދުމަތް ދިވެހި އަސްކަރިއްޔާގައި އުފެދިގެންދިޔައީ 65 އަންހެން ސިފައިންނާއެކު 1989 މާރިޗު 1 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް