Advertisement
ކ. މާލެ
|
1 މާރޗް 2019 | ހުކުރު 11:34
މާލޭގެ ރެސްޓޯރެންޓަކުން ބަޔަކު ހިދުމަތް ހޯދަނީ
މާލޭގެ ރެސްޓޯރެންޓަކުން ބަޔަކު ހިދުމަތް ހޯދަނީ
ފޭސްބުކް
އިކޮނިމިކް މިނިސްޓްރީ
މާލޭގައި 24 ގަޑިއިރު ވިޔަފާރި ހިންގުމަށް ހަ ތަނަކުން ހުށަހަޅައިފި
ގިނައިން ހުށަހެޅީ ކެފޭ، ރެސްޓޯރަންޓްތަކުން

މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރާ ތަންތަން ހިންގުމަށް ހަ ތަނަކުން ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓަރ އޮފް ކޮންޕެނީޒް މަރިޔަމް ވިސާމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ މާލޭގައި 24 ގަޑިއިރު ވިޔަފާރީގެ ހިދުމަތް ދިނުމަށް އެދި ހުށަހަޅާފައިވާ ހަ ތަނުގެ ތެރޭގައި ގިނައިން ހިމެނެނީ ކެފޭ އާއި ރެސްޓޯރެންޓް ކަމަށެވެ. އެތަންތަން މޮނިޓަރކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށާއި އަންނަ ހަފްތާގައި ހުއްދަ ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިސާމް ވިދާޅުވިއެވެ.

މާލެގައި 24 ގަޑިއިރު ވިޔަފާރި ހިންގުމަށް ހުއްދަ ދެނީ ބޮޑެތި މަގުތަކުގައި ހުންނަ ފިހާރަތަކަށާއި ރެސްޓޯރަންޓް އަދި ކެފޭތަކަށެވެ. އެއިން ކޮންމެ ތަނަކުން އަހަރަކު 2،000 ރުފިޔާ ދައުލަތަށް ދައްކަންޖެހެއެވެ.

ސައުވީސް ގަޑިއިރު ހިދުމަތް ދޭ ތަންތަނުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނަންޖެހެއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް، އެތެރެ ސާފުކޮށް ފެންނަން ހުންނަ ތަނަކަށް ވާންޖެހޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ޝަތުރުތަކުގައިވެއެވެ.

ސައުވީސް ގަޑިއިރު ވިޔަފާރި ކުރެވޭ ތަންތަން ހުޅުވުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް