Advertisement
ކ. މާލެ
|
1 މާރޗް 2019 | ހުކުރު 12:14
ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އަންހެން ސިފައިންތަކާއި އެކު
ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އަންހެން ސިފައިންތަކާއި އެކު
މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް
ސިފައިންގެ ހިދުމަތުގައި އަންހެނުން
ފުރުސަތުތައް އެނގިއްޖެނަމަ ސިފައިންގެ ހިދުމަތަށް ވަންނަ އަންހެނުން އިތުރުވާނެ: މާރިޔާ
މިންތީގެ ހަމަހަމަ ކަމުގެ މުހިއްމުކަން މިނިސްޓަރު ފާހަގަ ކުރެއްވި

ރާއްޖޭގެ ޤައުމީ ދިފާއީ ބާރުގައި އަންހެން ކަނބަލުންނަށް ހުރި ފުރުސަތުތައް އެނގިއްޖެނަމަ ހިދުމަތަށް ވަންނަ އަންހެނުން އިތުރުވެގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ. 

ސިފައިންގެ ޚިދުމަތަށް އަންހެނުން ގުޅުނުތާ، 30 އަހަރު ފުރުމުގެ ގޮތުން މާރިޔާ ވިދާޅުވީ، ސިފައިންގެ ހިދުމަތަށް އަންހެނުން އިތުރު ކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުންދާ މަންޒަރު ފެންނަމުން ދާތީވެ އެކަމާއި އުފާކުރާ ކަަމަށެވެ. 

'' އަޅުގަނޑުގެ އުއްމީދަކީ މިހެން ވަޑައިގެން އަންހެން ބޭފުޅުންވެސް ބޭފުޅުންނާއި ބައްދަލުކޮށް ކުރައްވާ އެ ބޭފުޅުން ކުރައްވާ މަސައްކަތްޕުޅުތަކާއި މި ތަނުގައި އެބޭފުޅުންނަށް ހުރި ސްކޯޕްގެ ވާހަކަ ކިޔަދިނީމާ މި ތަނުން މިހާރަށް ވުރެ މާގިނަ އަންހެން ބޭފުޅުންގެ ފައުޖުތައް ފެނިގެންދާނެ'' ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. 

ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ، ކުރިޔާ އަޅާބަލާއިރު ސިފައިންގެ ހިދުމަތުގައި އަންހެނުންގެ ދައުރުބޮޑުވެގެން ދިޔައީ އެންމެ ފުރަތަމަ ސިފައިންގެ ހިދުމަތަށް ނިކުތް އަންހެންކަނބަލުންގެ އަމަލުތައް ބެހެއްޓި ގޮތުން ކަމަށާއި، އުއްމީދަކީ އަންހެނުން އިތުރުވެގެން ދިޔުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އަންހެން މެމްބަރުންގެ އަދަދުވެސް މަދުކަން ފާހަގަ ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ކުރީގެ މެމްބަރު މާރިޔާ ވިދާޅުވީ، ސިފައިންގޭގައި ވެސް މިންތީގެ ހަމަހަމަ ކަން އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަަމަށެވެ. މާރިޔާ ވިދާޅުވީ ގައުމެއް ކުރިއަށް ދެވޭނީ މިންތީގެ ހަމަހަމަކަން ލިބިގެން ކަމަށެވެ.

އަންހެން ސިފައިންގެ ޚިދުމަތް ދިވެހި އަސްކަރިއްޔާގައި އުފެދިގެން ދިޔައީ 65 އަންހެން ސިފައިންނާ އެކު 1989 މާރިޗު އެއް ވަނަ ދުވަހުއެވެ. ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ހާއްސަ ހަރަކާތްތަކެއް ހުސް ބިން ސަރަޙައްދުގައި މިރޭ އޮންނާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް