Advertisement
ކ. މާލެ
|
1 މާރޗް 2019 | ހުކުރު 01:02
އައިޔޫއެމްގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އައިޔޫއެމްގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ރާއްޖެއެމްވީ
އައިޔޫއެމް
އައިޔޫއެމްގެ ހުރިހާ ކަމެއް ބަލަހައްޓާފަ ހުންނާނީ ވަރަށް ތެދުވެރިކަމާއެކު: ޝަހީމް
ފިނޭންސް ކަންތައް ބަލަހައްޓަވާފައިވަނީ ފުރިހަމައަށް
ކޮރަޕްޝަންގެ ކުޑަވެސް މިންވަރެއް ހިނގާފައި ނުވާނެ
ރިޕޯޓުގައި ހުރީ މުޅިން ތެދެއް ނޫން

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ހުރިހާ ކަމެއް ބަލަހައްޓަވާފައި ހުންނާނީ ވަރަށް ތެދުވެރިކަމާއެކު ކަމަށާއި، ކޮރަޕްޝަންގެ ކުޑަ މިންވަރެއްވެސް ހިންގާފައި ނުވާނެ ކަމަށް އައިޔޫއެމްގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި އައިޔޫއެމްގެ 2017 ވަނަ އަހަރުގެ އޮޑިޓުން ދައްކާ ގޮތުން އެ އަހަރު ބަލައިގަތް ފައިސާގެ ތެރެއިން 6.4 މިލިއަން ރުފިޔާ ގިނަ ދުވަސްތަކެއް ވަންދެން ބޭންކަށް ޖަމާނުކޮށް ބެހެއްޓި މައްސަލަ ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރުމާއި ގުޅިގެންނެވެ.

މިމައްސަލައާ ގުޅިގެން ޝަހީމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އައިޔޫއެމް ފިނޭންސް ޔުނިޓްގެ އެންމެހައި ބޭފުޅުން ފިނޭންސް ކަންތައް ބަލަހައްޓަވާފައިވަނީ ފުރިހަމަ ގޮތުގައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޝަހީމް ވިދާޅުވީ އަލަށް އުފެދިގެން އައި ތަނެއްގައި ދަތިތައް ހުންނާނެ ކަމަށާއި، އިދާރީ ގޮތުން ރަނގަޅު ކުރަންޖެހޭ މަސައްކަތްތައްވެސް ހުންނާނެ ކަމަށެވެ. އޮޑިޓް ރިޕޯޓާ ހަވާލާދީ ޝަހީމް ވިދާޅުވީ އައިޔޫއެމްއިން މައިގަނޑު ގޮތެއްގައި ފައިސާގެ ކަންކަން ބަހައްޓާފައިވަނީ ގާނޫނާއި އެއްގޮތައްކަން ފާހަގަކޮށްފައިވާ ކަމަށެވެ.  

ޝަހީމް ވިދާޅުވީ އައިޔޫއެމް އޮޑިޓް ކޮށްފައި ވަނީވެސް އޭނާގެ އެދުމުގެ މަތިން ކަމަށާއި، އެރިޕޯޓުގައި ކޮރަޕްޝަންގެ އަމަލެއް ފާހަގަކޮށްފައި ނެތުމުން އުފާކުރައްވާ ކަމަށެވެ.

"އައިޔޫއެމްގެ އެއްވެސް ކޮރަޕްޝަންގެ އަމަލެއް އަޅުގަނޑު ހުރިއިރު ހިނގާފައިވާ ކަމަށް އެއްވެސް ރިޕޯޓަކުން ބުނެފަ ނެތް. އެފަދަ ކަމެއް ނުވެސް އޮންނާނެ. އައިޔޫއެމްއިން ހުރިހާ ކަމެއް ބަލަހައްޓާފަ ހުންނާނީ ވަރަށް ތެދުވެރިކަމާއެކުގަ" ޝަހީމްގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ފައިސާ ލަހުން ޖަމާކުރި މައްސަލާގައި އައިޔޫއެމްގެ ބޭފުޅުންނާއި ސުވާލުކުރި ކަމަށާއި، އެބޭފުޅުންނާ ހަވާލާދީ ޝަހީމު ވިދާޅުވީ، ރިޕޯޓުގައި ހުރީ މުޅިން ތެދު ނޫން ކަމަށެވެ. އެހައި ގިނަ ދުވަހު ފައިސާ ޖަމާނުކޮށް ނުހުންނާނެ ކަމަށާއި، ކޮންމެވެސް ވަރަކަށް އެ މަސައްކަތް ލަސްވި ނަމަވެސް ހުރިހާ ފައިސާއެއް ޖަމާކުރިކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
28 ފެބްރުއަރީ 2019 | ބުރާސްފަތި 20:26
ޔާމީން ނާންނާނޭ
ދެންވައި ޖަހަން އުލޭނެކަމެއްނެތް ރިހުރީ ބަސްޓްވެފަ، ޔާމީން ނާންނާނޭ ސަލާމަތްކުރާކަށް