Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2019 | ބުރާސްފަތި 21:06
ވެމްކޯއިން ކުނި އުކާލުމުގެ ޚިދުމަތް ފޯރުކޮށްދެނީ
ވެމްކޯއިން ކުނި އުކާލުމުގެ ޚިދުމަތް ފޯރުކޮށްދެނީ
މުހައްމަދު ޝަރުހާން
ވެމްކޯ އިން ކުނިއުކާލުން
ވެމްކޯއިން ކުނި އުކާލުމުގެ ޚިދުމަތް ލިބިގަންނަ 70 އިންސައްތަ މީހުން ފީ ނުދައްކާ: ވެމްކޯ
މާލެ 10 ޒޯނަކަށް ބަހާލާފައިވާއިރު ކޮންމެ ޒޯނެއްގައި 3 ނުވަތަ 4 ސަބްޒޯން ހިމެނޭ
ފީދެއްކުމަށް ފަރުވާ ކުޑަކޮށްލެވެނީ
ކުނި އުކާލުމުގެ ޚިދުމަތް ދޭން ފަށާފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހު

ވޭސްޓް މެޏޭޖްމެންޓް ކޯޕަރޭޝަނުން ކުނި އުކާލުމުގެ ޚިދުމަތް ލިބިގަންނަ 70 އިންސައްތަ މީހުން އެ ޚިދުމަތަށް ފީ ނުދައްކާ ކަމަށް އެ ކޯޕަރޭޝަންގެ ހައުސް ހޯލްޑް މެނޭޖަރ މުހައްމަދު ޝާން ވިދާޅުވެއްޖެއެވެ.

ކުނި އުކާލުމުގެ ޚިދުމަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކާއި ގުޅޭގޮތުން ރާއްޖެ އެމްވީއާއި ވާހަކަ ދައްކަވަމުން ޝާން ވިދާޅުވީ މާލެ 10 ޒޯނަކަށް ބަހާލާފައިވާ ކަމަށާއި ކޮންމެ ޒޯނެއްގައި އެވްރެޖްކޮށް 3 ނުވަތަ 4 ސަބްޒޯން ހިމެނޭ ކަމަށެވެ. އަދި މި ސަބްޒޯންތަކުގެ ތެރެއިން ކޮންމެ ސަބްޒޯނަކަށް ވެމްކޯގެ މީހުން ގޮސް ފީ ނުދައްކާ ގެތަކުން ފީ ދެއްކުމުގެ ކަންކަން ރައްޔިތުންނަށް ވީހާވެސް ފަސޭހަވާނެ ގޮތަކަށް ހެދުމުގެ ޕްލޭން ތަކެއް ރާވަމުން ދާ ކަމަށެވެ.

އަދި ރައްޔިތުން ތިބެނީ ފީ ނުދައްކަން ނޫން ކަމަށާއި ނަމަވެސް ދައްކަންޖެހޭ އަދަދު ކުޑަ ކަމުން ފަރުވާ ކުޑަ ކުރަނީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމަށް މާބޮޑު ސަމާލުކަން ނުދެވެނީ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިކަން ކަން ރަނގަޅު އުސޫލެއްގެ ދަށުން ދާ ކަމަށްވާނަމަ މީ މާ އުނދަގޫ ކަމެއްނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" ބައެއް ފަހަރު ސީސީޓީވީ ފޫޓޭޖް ތަކުން ބޭރުމީހުންނާއި އަދި ދިވެހިންވެސް މަގުމަތީގައި ކުނިބަހައްޓާފައިދާ މަންޒަރު ފެނޭ. އަދި އެފަދަ ކަންކަން ކުރާ ފަރާތްތަކުގެ ފޮޓޯ އާންމު ކުރަން ވެސް ބޭނުން ނުވޭ ވެމްކޯއިން. ނަމަވެސް ރައްޔިތުން މިފަދަ ކަންކަމާއި މެދު ވިސްނަންޖެހޭ" ޝާން ވިދާޅުވިއެވެ.

ކުނި އުކުމުގެ ޚިދުމަތަށް ފައިސާ ނުދައްކާ މީހުން ޖުރިމަނާކޮށް އަދި ރެޑްނޯޓިސް ފޮނުވައިގެން އެގޮތަށް އެކަން ކުރަން ވެމްކޯއިން ބޭނުން ނުވާ ކަމަށާއި އެކުންފުނިން ބޭނުންވަނީ ރިވެތި އަޚުލާގުގެ ތެރެއިން ކުނީގެ ޚިދުމަތަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް ކަމަށް ވެސް ޝާން ވިދާޅުވިއެވެ.

ވެމްކޯއިން ކުނި އުކާލުމުގެ ޚިދުމަތް ދޭން ފަށާފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް