Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2019 | ބުރާސްފަތި 19:52
ކޮރަޕްޝަނާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
ކޮރަޕްޝަނާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
ގޫގުލް
ަަާާާާާާަައޭސީސީ
އޭސީސީގެ މެމްބަރުން ވަކިކުރުމަށް ގޮވާލާ ޕެޓިޝަނެއް ހުށަހަޅަނީ
ހަރަކާތް އޮންނާނީ މާދަމާ ހަވީރު ހަތަރަކުން ހަޔަކަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން މަގާމުން ދުރުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ އިތުރުން ރައީސް އޮފީހަށް ޕެޓިޝަނެއް ހުށައެޅުމުގެ މަސައްކަތް ފަށައިފި އެވެ. 

އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވީ، އޭސީސީގެ މެމްބަރުންގެ ނަޒާހަތްތެރިކަން ގެއްލިފައިވާ ކަމަށާއި، މެމްބަރުން މަގާމުން ދުރުކުރަން ޖެހޭކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށާއި ރައީސް އޮފީހަށް ޕެޓިޝަނެއް ހުށައަޅަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕެޓިޝަންގައި ސޮއިކުރުމުގެގޮތުން ބާއްވާ ހަރަކާތެއް ހުކުރު ދުވަހު ހަވީރު އާޓިފިޝަލް ބީޗްގައި 16:00 އިން 18:00 އަށް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމަށް ޕެޓިޝަނެއް ހުށައަޅަން ހަމަޖެހިފައިވާއިރު، އޭސީސީގެ މެމްބަރުންނާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލައި ވަނީ މުޒާހަރާވެސްކޮށްފަ އެވެ. 

އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ތައްޔާރުކުރި ރިޕޯޓް މިމަހުގެ 14 ވަނަ ދުވަހު އާއްމުކޮށްފައިވާއިރު، އެ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ނޫން ކަމަށް ޝުނާނާ ވަނީ މީގެކުރިން ވިދާޅުވެފައެވެ. 

އޭސީސީން އާއްމުކުރި ރިޕޯޓްގައި މި ސަރުކާރުގެ މިނިސްޓަރުންގެ އިތުރުން ސަރުކާރުގެ އިސްމަގާމުގައި ތިއްބެވި ބައެއް ބޭފުޅުން ހިމެނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް