Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2019 | ބުރާސްފަތި 18:39
އޭޑީކޭ ހޮސްޕިޓަލް
އޭޑީކޭ ހޮސްޕިޓަލް
މުހައްމަދު ޝަރުހާން
ހަނާގެ މަރު
ސީފުޑަށް އެލާޖިކްވި ޒުވާނާ ނިޔާވެއްޖެ
ހަނާ ނިޔާވެފައި ވަނީ އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް
ހަނާއަކީ މީގެ ކުރިންވެސް ސީފުޑަށް އެލާޖިކްވާ ކުއްޖެއް

މީގެ ދުވަސްކޮޅެއް ކުރިން، ރެސްޓޯރަންޓަކުން ސީފުޑް ކައިގެން އެލާޖިކްވި، އުމުރުން 24 އަހަރުގެ ފާތިމަތު ހަނާ ނިޔާވެއްޖެއެވެ.

ހަނާ ނިޔާވެފައި ވަނީ އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. ހަނާގެ ހާލު ގޯސްވެ، މިދިޔަ ހުކުރު ދުވަހުގެ ރެއިން ފެށިގެން އޭނާ އަށް އައީ އޭޑީކޭގެ އައިސީޔޫ ގައި ފަރުވާ ދެމުންނެވެ.

 ހަނާ މިދިޔަ ހަފްތާ ތެރޭގައި ރެސްޓޯރެންޓަކުން ސީފުޑް ކައިގެން އެލާޖިކް ވެފައިވާ އިރު، އޭނާގެ އާއިލާގެ ފަރާތުން ބައްޕަ، އައްސަދު ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ހަނާއަކީ މީގެ ކުރިން ވެސް ސީފުޑަށް އެލާޖިކްވާ ކުއްޖެއް ކަމަށާއި މީ ހަނާ އެ ރޭ ކެއި ރެސްޓޯރެންޓްގެ އެއްވެސް އިހުމާލެއް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވެފައި ވެއެވެ. އަދި މީގެ ތިން ދުވަސް ކުރިން ޑރ. ހަނާއާ މެދު އުއްމީދު ކަނޑާލާފައިވާ ކަމަށް ވެސް އަސްއަދު ވިދާޅުވެފައި ވެއެވެ.

ހަނާއާ އެކު ކެއުމުގައި ބައިވެރިވި އެހެން އެއްވެސް މީހަކަށް އެލާޖިކުގެ މައްސަލަ ދިމާ ނުވާ ކަމުގެ މައުލޫމާތު ލިބިފައި ވެއެވެ.

ހަނާގެ ސިކުނޑީގެ ސެލްތަކަށް އޮކްސިޖަން ފޯރުކޮށް ނުދެވި، އެ ސެލްތައް ހުއްޓުނު އިރު، އޭނާ މިދިޔަ ދެތިން ދުވަހުވެސް އޮތީ ވެންޓިލޭޓަރުގެ އެހީގައެވެ.

ރަހުމަތްތެރިންނާއެކު ގޮސް ކެއުން ނިންމާލާފައި، ހާލު ގޯސްވާތީ އޭނާ އެންމެ ފުރަތަމަ ދިޔައީ އައިޖީއެމްއެޗަށެވެ. އަދި ބޭސް ފިހާރައަކުން ގަތް "އެލާޖީ ބޭހެއް" ކައިގެން ގެއަށް އައިފަހުން ހާލު ގޯސްވާ ފެށީ ކަމަށް އައްސަދު ވިދާޅުވި އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
28 ފެބްރުއަރީ 2019 | ބުރާސްފަތި 16:18
ރަންގަޅެއްނުވާނެ
ތިޔަކެއިތަނެއްބަލާބަލަ ރަންގަޅެއްނުވާނެ ނަތީޖާ