Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2019 | ބުރާސްފަތި 18:19
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެހައުސް ހޯލްޑް މެނޭޖަރ މުހައްމަދު ޝާން
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެހައުސް ހޯލްޑް މެނޭޖަރ މުހައްމަދު ޝާން
މުހައްމަދު ޝަރުހާން
ވެމްކޯ އިން ކުނިއުކާލުން
ކުނި އުކާލުމުގެ ޚިދުމަތަށް ރެޖިސްޓަރ ނުކުރާ މައްސަލަ ވަރަށް ބޮޑު: ވެމްކޯ
މާލޭގައި 20.000 ހާސް ހައުސް ހޯލްޑް ހުރޭ
ވެމްކޯއަށް ކުނި އުކާލުމަށް ރެޖިސްޓަރ ކޮށްފައިވަނީ 17000 ގެއިން
ކުނި އުކާލުމުގެ ޚިދުމަތަށް ވެމްކޯގައި ރެޖިސްޓަރ ކުރާތާ 24 ގަދިއިރުގެ ތެރޭގައި ޚިދުމަތް ލިބޭނެ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތަށް ރެޖިސްޓަރ ނުކުރާ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށް އެ ކޯޕަރޭޝަންގެ ހައުސް ހޯލްޑް މެނޭޖަރ މުހައްމަދު ޝާން  ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޚަބަރު ފީތާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާން ވިދާޅުވީ ރައްޔިތުންނަށް ކުނި އުކާލުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގޭގެއިން ކުނިއުކުމަށް ރަޖިސްޓްރީ ނުކުރާ މައްސަލަ ކަމަށެވެ. އެގޮތުން މާލޭގައި 20.000 ހާސް ހައުސް ހޯލްޑް ހުންނައިރު ވެމްކޯގައި ކުނި އުކާލުމަށް ރެޖިސްޓަރ ކޮށްފައިވަނީ އޭގެތެރެއިން 17000 ގެ ކަމަށް އޭނާ ވިދާޅުވިއެވެ.

" ގިނައިން މިއުޅެނީ ކުއްޔައް އުޅޭ ފަރާތްތައް އިނގޭތޯ. އެބޭފުޅުން ކޮންޓްރެކްޓް ހަމަވީމަ ނުވަތަ އެގްރީމެންޓް ހަމަވީމަ އެގެއިން އެހެން ގެއަކަށް ބަދަލު މިވަނީ. އެވަގުތު އެބަޖެހޭ ވެމްކޯއާއި ދެމެދު ހަދާފައިވާ އެގްރިމެންޓް ކެންސަލް ކުރަން. އެއަށް ފަހު އެފަރާތްތަކުން ބަދަލުވާ ތަނަކަށް އާ ރެޖިސްޓްރޭޝަނެއް ހަދަންޖެހޭ. އެގޮތުން މިހާރުވެސް ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 10 އާއި 20 އާއި ދެމެދުގެ އަދަދަކަށް އާ ރެޖިސްޓްރޭޝަން އެބައާދެ. އަދި ކެންސަލޭޝަންސް ވެސް މަދުމަދުން އެބަ އާދެ. އެހެން ކަމުން ހުރިހާ މީހުން ވެސް މި އުސޫލު ގެންގުޅޭ ކަމަށް ވާނަމަ އަޅުގަނޑުމެންނަށް ވަރަށް ފަސޭހަވާނެ މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭން."  ޝާން ވިދާޅުވިއެވެ.  

މީގެ އިތުރުން ބިދޭސިން އުޅޭ ގެތަކުގައި ގިނަފަހަރަށް ގޭގެ ވެރިމީހާ ނުހުރުމުގެ ސަބަބުން ގިނަ ފަހަރަށް ރެޖިސްޓަރ ކުރެވޭނެ ގޮތް ވެސް ނޯންނަ ކަމަށާއި އަދި ރެޖިސްޓްރީ ކުރުމަށް ވެސް އެތަންތަނުގައި އުޅޭ ބިދޭސީން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން  ބައެއް ގޭގެއިން އެއް ދުވަހެއްގައި ދެފަހަރަށް ކުނި އުކާލުމަށް ގުޅާ ކޮމްޕްލެއިން ލޮކް ކުރުމުގެ މައްސައާއި އަދި މަގުމަތީގައި އަދިވެސް ކުނި ބަހައްޓާ މައްސަލަ މީވެސް ވެމްކޯއިން ކަންބޮޑުވާ ކަމެއްކަން ފާހަގަ ކުރައްވާ ޝާން ވިދާޅުވީ މި ކަންކަން ހައްލު ކުރުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށާއި މިކަން ހައްލުވެއްޖެ ނަމަ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ކުނީގެ މައްސަލަތައް އެއްކޮށް ކަހަލަ ގޮތަކަށް ހައްލު ވެގެން ދާނެ ކަމަށެވެ.

ވެމްކޯއިން ރައްޔިތުންނަށް ފޯރުކޮށްދޭ ކުނި އުކާލުމުގެ ހިދުމަތުގެ ތޭރޭގައި ގޭގެއިން ކުނި އުކާލުމާއި ވިޔަފާރި ކުރާ ތަންތަނާއި، ސްކޫލުތަކާއި މަގުތައް ސާފް ކުރުމާއި އަދި ކެޕްސްގެ ޚިދުމަތް ހިމެނެއެވެ.

ކުނި އުކާލުމުގެ ޚިދުމަތަށް ވެމްކޯއަށް ރެޖިސްޓްރާ ކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޚިދުމަތް ދޭން ފަށާކަން ފާހަގަ ކޮށްލެވެއެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް