Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2019 | ބުރާސްފަތި 11:31
އިންތިޚާބާ ބެހޭ މަރުކަޒު
އިންތިޚާބާ ބެހޭ މަރުކަޒު
މުހައްމަދު ޝަރުހާން
އިލެކްޝަންސް ކަމިޝަން
ފިއްލަދޫ ކައުންސިލަށް މެމްބަރުން ހޮވުން އަންނަ އޭޕްރީލް މަހު!
ކައުންސިލްގެ ބައި-އިލެކްޝަން އަންނަ އެޕްރީލް 13 ވާ ހޮނިހިރު ދުވަހު ބާއްވާނެ

ހއ. ފިއްލަދޫ ކައުންސިލުގެ ދެ މެމްބަރަކު އިސްތިއުފާ ދިނުމާ ގުޅިގެން އެރަށު ކައުންސިލުގެ ބައި އިލެކްޝަން އަންނަ އެޕްރީލް 13ގައި ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ. 

އީސީން ކުރި އިއުލާނެއްގައި ބުނީ، ފިއްލަދޫ ކައުންސިލްގެ ދެ މެންބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކައުންސިލްގެ ބައި-އިލެކްޝަން އަންނަ އެޕްރީލް 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. 

ބައި-ލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު އެ ފުރުސަތު ހަމަވާނީ އަންނަ މާޗު މަހުގެ 12 ވާ އަންގާރަ ދުވަހެވެ.  

ބައި-އިލެކްޝަންގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށްފައިވާ އިރު އެ ލިސްޓަށް ޝަކުވާ ހުށައަޅާނީ މި މަހުގެ 27 އިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާއި ދެމެދު ރަސްމީ ދުވަހު ހެނދުނު 8:30 އިން ފެށިގެން 3 ޖެހުމާއި ހަމައަށް ކަމަށް އީސީއިން ބުނެއެވެ. އަދި އެހެން ދުވަސްތަކުގައި  ހެނދުނު 9 އިން ފެށިގެން 3 އަށް ކަަމަށާއި ހުކުރު ދުވަހުގެ ހަވީރު 3 އިން ފެށިގެން 5 ޖެހުމާއި ހަމައަށް ކަމަށް އީސީ އިން ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް