Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2019 | ބުރާސްފަތި 11:38
ރައީސް ނަޝީދު
ރައީސް ނަޝީދު
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019
ރައީސް ނަޝީދު ބ. އަތޮޅު ފުޅަދޫއަށް ވަޑައިގެންފި
ދާއިރާގެ ހުރިހާ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައި

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ފުޅަދޫ އަށް ވަޑައިގެންފިއެވެ.

ފުޅަދޫ ރައްޔިތުންނާ މުހާތަބްކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެޖެންޑާ 19 މެނިފެސްޓޯ އެކުލަވާލުމުގެ ބޭނުމަކީ ރައްޔިތުން އެދޭ ކަންތައްތައް ފުއްދުމުގެ އިތުރުން ކުދި ޖަޒީރާ ގައުމެއް ތަރައްގީކުރުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން ފުޅަދޫގައި ފެނާއި ނަރުދާމާ ނިޒާމު ގާއިމުކުރުމުގެ އިތުރުން ކުރިޔަށް އޮތް ފަސް އަހަރުގައި މި ސަރުކާރުން އެ ރަށުގެ ބަނދަރު އަޅާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ގެސްޓް ހައުސް ވިޔަފާރި ފުޅާކުރުމަށް ގަވާއިދުން އެއާރ ޓެކްސީ ޖެއްސޭނެ ޕްލެޓްފޯރްމެއް ފުޅަދޫ ކައިރީގައި އަޅާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ އެންމެ ކުޅަދާނަ އެއް ކެންޑިޑޭޓް ވާދަކުރަނީ ތުޅާދޫ ދާއިރާ އަށް ކަން ފާހަގަކުރައްވާ ހުރިހާ ރައްޔިތުންގެ އަރިހުން ހިސާން އަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ދެ ދުވަހުގެ މުއްދަތައް ކުރައްވާ މި ދަތުރުފުޅަކީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތުޅާދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑްޑޭޓް ހިސާން ހުސައިންގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން ތުޅާދޫ ދާއިރާއަށް ނިސްބަތްވާ ފުޅަދޫ، ފެހެންދޫ، ގޮއިދޫ އަދި ތުޅާދޫއަށް ވަޑައިގެން އެ ރަށް ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭގަނޑު ވަނީ ތުޅާދޫގައި އެ ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެމްބަރުންނާއި އެކު ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް